އައިޖީއެމްއެޗް ގައި މަސައްކަތް ކުރި ފިލިޕީންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި އިއްޔެ ހައްޔަރު ކުރި ދިވެހި ނަރުސް ލަމްހާ އަށް މޭރީ މަރަން ރޭވުމާއި، މަރު ފޮރުވުމުގެ އިތުރުން ގިނަ ދައުވާތަކެއް ކޮށްފިއެވެ.
މޭރީ މަރާލި މައްސަލައިގައި އިއްޔެ ހައްޔަރުކުރި ދިވެހި ނަރުހަކީ އައިޖީއެމްއެޗް ގައި މަސައްކަތް ކުރަމުން ގެންދިޔަ އުމުރުން 24 އަހަރުގެ ހަލީމަތު ލަމްހާ އަބްދުއްރަހްމާންއެވެ. މީގެކުރިންވަނި ލަމްހާއާއި މޭރީގެ ފިރިމީހާ އާ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައެވެ.
ލަމްހާ ހައްޔަރުކޮށް އޭނާގެ މައްޗަށް ގިނަ ދައުވާތަކެއް ފުލުހުން ކޮށްފައިވާއިރު މީގެ ކުރިންވެސް އޭނާ ހައްޔަރު ކުރުމުގެ މަސައްކަތް ފުލުހުން ކޮށްފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. ނަމަވެސް އެކަށީގެންވާ ވަރަށް ހެކި ނުލިބުމުން އެފަހަރު ލަމްހާ ވަނީ ހައްޔަރު ނުކުރެވިފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.