މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފައިވަނީ މަހަލް ގޯޅިތެރޭ ގައި ކަމަށްވެއެވެ. މިހާރު މީސްމީޑިއާގައި ދައުރުވަމުންދާ ބައެއް ވީޑިއޯތަކުން އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ. އަދި އެސަރަހައްދުގައި ގިނަ އަދަދެއްގެ ލޭ ހުރި މަންޒަރުވެސް އެތަނުން ވީޑިއޯއަކުން ފެނެއެވެ. ފުލުހުން މިހާރު ވަނީ އެސަރަހައްދު ބަންދުކޮށްފައެވެ. މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް މިހާތަނަށް ލިބޭގޮތް ވަނީ ނުވެފައެވެ. އަދި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން އަނިޔާލިބުނު މީހާއަށް ލިބިފައިވާ ގެއްލުމުގެ ތަފްސީލެއްވެސް އަދި މިހާތަނަށް ލިބިފައި ނުވެއެވެ.