އިންޑިއާ އައުޓް ކަމަށް ނުބުނެވޭނެ ކަމުގައި ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގައި އޮތް އިންޑިއާގެ ދައުރު އަދި އިންޑިއާ ކަނޑުގައި އޮތް ދިވެހިރާއްޖޭގެ ދައުރަކީ ދިވެހިންނަށް އޮޅޭނެ ދައުރެއް ނޫން ކަމަށާއި، އެހެންކަމުން އިންޑިއާ އައުޓް ކަމަށް ނުބުނެވޭނެ ކަމަށެވެ.
https://twitter.com/MohamedNasheed/status/1471708667867119619
ނަޝީދު މިހެން ވިދާޅުވެފައިވާއިރު، އިދިކޮޅު ކޯލިޝަނުން ގެންދަނީ އިންޑިއާ އައުޓް ގެ ނަމުގައި ހަރަކާތްތަކެއް ހިންގަމުންނެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ މައްސަލައިގައި އިދިކޮޅު ކޯލިޝަނުން ގެންދާ ހަރަކާތްތައް ވަރުގަދަ ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން އިދިކޮޅު ކޯލިޝަންގެ ލީޑަރު މިނިވަންވުމާ ގުޅިގެން އިދިކޮޅު ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމަށް އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެހުންނަވައިގެން މިހާރު ގެންދަވަނީ އަތޮޅުތަކުގެ ރަށްތަކަށް ޒިޔާރަތްކޮށް ހަރަކާތްތައް ވަރުގަދަ ކުރަމުންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.