1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކުރީގެ ރައީސަކު މުޅި ގައިގަ "އިންޑިޔާ އައުޓް" ޖަހައިގެން އުޅުމަކީ ދަށުދަރަޖައިގެ އަމަލެއް - ވައްޑެ

Wadde Ungoofaaru
ހުވަދޫ ނިއުސް ޓީމް
902ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކުރީގެ ރައީސަކު މުޅި ގައިގާ "އިންޑިޔާ އައުޓް" ޖަހައިގެން އިންތިޤާމުގެ ހުޅު ރޯކުރުވަން އުޅުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުރީގެ ރައީސަކު މުޅި ގައިގަ އިންޑީއާ އައުޓް ޖަހައިގެން ދިވެހިރާއްޖޭގެ އެންމެ ޒަމާންވީ، އަދި އެންމެ އަވަށްޓެރި ގައުމާ ދެކޮޅުވެރިވެގަތުމުގެ އިންތިޤާމުގެ ހުޅު ރޯކުރުވަން އުޅުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

https://twitter.com/waddey_/status/1471723964040843264

300 × 250

ވައްޑެ އިތުރަށް ވިދާޅުވީ، ޒަމާނުއްސުރެ ދިވެހީންގެ މައިގަނޑު ކެއުމުގެ ބާވަތްތައް ކަމަށްވާ ހަނޑު ހަކުރު ފުށް މިއީ ރާއްޖޭގައި ހެއްދޭ ބާވަތްތަކެއް ނޫން ކަމަށާއި، މައިގަނޑު ގޮތެއްގައި އަވަށްޓެރި އިންޑިޔާއިން ގެންނަ ބާވަތްތައް ކަމަށެވެ. އަދި މިއީ ދިވެހިންނާ އަވަށްޓެރިންގެ އެތައް ހާސް އަހަރުވީ ގުޅުމުގެ ކުޑަ މިސާލެއް ކަމަށްވެސް ވައްޑެ ވިދާޅުވިއެވެ.

ވައްޑެ މިހެން ވިދާޅުވެފައިމިވަނީ، އިންޑިއާ އައުޓް ގެ ނަމުގައި އިދިކޮޅުން ކުރިއަށް ގެންދާ ހަރަކާތްތައް، އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމިން މިނިވަންވެވަޑައިގެންނެވުމާ ގުޅިގެން ވަރުގަދަ ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން އިދިކޮޅު ލީޑަރު އިސްވެ ހުންނަވާ އަތޮޅުތަކުގެ ރަށްރަށުގައި އިންޑިއާ އައުޓް ކެމްޕޭންގެ ހަރަކާތްތައް މިހާރު ވަނީ ފަށާފައެވެ.

300 × 250

ޚިޔާލު (1)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • އާދިލު

    ތީ މީހުންގެ ވާހަކަ ދައްކަން އެންމެ ރަނގަޅު މީހާ.. މުޅި ރާއްޖެ ހަލާކު މިވަނީ މި ފެލޭ ވައްޑެ އާއި ހުރެ

ގުޅުންހުރި