1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ލޯބިވާކަން އަންގަން ތަފާތު ކަމެއް، ނަމަވެސް ބިރުވެރިކަން އުފެދޭ ފަދަ އަމަލެއް

268181702_5025847414092011_6431560222022087668_n
ހުވަދޫ ނިއުސް ޓީމް
1,530ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އަންހެން ކުއްޖަކާ ގަޔާވާކަން މީހަކު އެކުއްޖާގެ ސައިކަލުގައި އެކި ދުވަސް މަތިން ލިޔެ އަދި ތަފާތު ބޭއަދަބީ ބަސް ބޭނުންކުރުމުގެ ސަބަބުން، އެކުއްޖާއަށް އެކަމުގައި ބިރުވެރިކަން އިހްސާސް ކުރެވިގެން އެވާހަކަ މީސްމީޑިއާގައި ހިއްސާކޮށްފިއެވެ.

މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ފޮޓޯތަކެއްގައި ފެންނަ ގޮތުގައި އަންހެން ކުއްޖެއްގެ ސައިކަލުގައި މީހަކު ކޮންމެ ދުވަހަކުވެސް މާކަރަކުން އެކުއްޖާގެ ރީތިވާހަކައާއި އެކުއްޖާދެކެ ކާކުކަން ނޭނގޭ އެމީހާ ލޯބިވާ ވާހަކަ ލިޔެފައި އޮވެއެވެ. ލޯބި ހުށަހަޅަން ވީއެވެ. ނަމަވެސް އަނެކާއަށް އެކަމުގެ ސަބަބުން ބިރުވެރިކަމާއި ނުތަނަވަސްކަން އިހްސާސް ކުރެވޭ ފަދަ ގޮތަކަށް ނޫނެވެ.

268089008_5025847310758688_3844204241416321615_n

300 × 250

ކޮންމެއަކަސް ލޯބި ހުށަހަޅަން އަދި މީހަކު ދެކެ ލޯބިވާކަން އަންގައިދިނުމަށް މިކަމަކީ ތަފާތު ކަމެކެވެ. ނަމަވެސް މިކަމަކީ ލޯބި ހުށަހަޅަން ކިތަންމެ ތަފާތު ކަމަކަށް ވިޔަސް މިކަމުގެ ސަބަބުން އެ ބަސްތައް ރައްދުވާ އަންހެން ކުއްޖާއަށް ނުތަނަވަސްކަމާއި ބިރުވެރިކަން އިޙްސާސްކުރެވޭނެ ކަމެކެވެ. ސަބަބަކީ ކާކުކަން ނޭނގޭ މީހާގެ މިކަންތަކުގެ ސަބަބުން އެއަންހެން ކުއްޖާއަށް ކޮންމެވެސް މީހަކު އަބަދުވެސް ފާރަލާނެ ކަމުގެ އިހްސާސް ކުރެވޭނެ އެވެ. އަދި އެކަމުގެ ބިރުވެރިކަން ބޭރަށް ނުކުންނަ ކޮންމެ ފަހަރަކުވެސް އެކުއްޖާގެ ހިތުގައި އޮންނާނެ ކަން ޔަގީނެވެ.

267777901_5025847470758672_4673224110522864447_n

މިކަމަކީ، ދާދި ފަހަކުން ހިޔާ ފްލެޓް އަށް ބަދަލުވެގެން އުޅޭ އާއިލާއެއްގެ އަންހެން ކުއްޖަކާ ދިމާވެގެން އުޅޭ ކަމެކެވެ. އެކުއްޖާގެ ސައިކަލުގައި މީހަކު އެގޮތަށް ތަފާތު އެއްޗެހި ލިޔާތާ ދުވަސްތަކެއް ވެއްޖެއެވެ. އެމީހާއަކީ އެއަންހެން ކުއްޖާއަށް ފާރަލާ މީހެއް ކަމަށްވެސް ވެދާނެއެވެ. ނޫނީ ހަގީގީ ލޯބި ވެވިގެން އުޅޭ ލޯބިވެރިޔަކަށް ވެސް ވެދާނެއެވެ. ނުވަތަ އެއަންހެން ކުއްޖާއަށް ކޮންމެވެސް ގޮތަކުން އަނިޔާއެއް ނުވަތަ ގެއްލުމެއް ދިނުމުގެ މަގްސަދުގައި ކުރާ ކަމަކަށްވެސް ވެދާނެއެވެ.

މިފަދަ ކަންތައްތަކަކީ ވަރަށް ގާތުން ބަލަން ޖެހޭ ކަންތައްތަކެކެވެ. އެސަރަހައްދަކީ ނިސްބަތުން ބޮޑު އަދި އެންމެނަށް ވެސް ވަދެވޭ ގޮތަށް ހަދާފައިވާ ތަނެއް ކަމަށް ވުމުން މިފަދަ ގޮތްނޭނގޭ މީހެއްގެ ދަލުގައި މައުސޫމް އަންހެން ކުއްޖަކު ޖެހިގެން އެކުއްޖާގެ ދިރިއުޅުން ހަލާކުވެގެން ދިއުމަކީ އެއްވެސް މީހަކު ބޭނުންވާނެ ކަމެއް ނޫނެވެ.

ކޮންމެއަކަސް ކުށުގެ މާހައުލަކަށް ހުޅުވިފައިވާ މި މުޖުތަމައުގެ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ އެކަމެއްގެ ޒިންމާ ނަގަންޖެހޭ މުވައްސަސާތަކާއި އަދި އާންމު ފަރުދުންގެ ޒިންމާއެކެވެ. އެސަރަހައްދު ރަގަޅަށް މޮނިޓަރ ކުރެވި އެތަނުގައި އުޅޭ މީހުންގެ ރައްކާތެރިކަމަށް ސެކިއުރިޓީ ކެމެރާ ހަރުކުރެވި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ޖެހެއެވެ.

300 × 250

ޚިޔާލު (1)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ކިހާދެރަކަމެއް!

    ތީދެން މީހުން ދެކެ ލޯބިވާ ކަން އަންގަން ޖެހޭގޮތް ތަ؟ ކުރީގަ އުޅުނުހެނއ ލޯބީގެ ސީޓީއެއް ފޮނުވާލަބަލަ

ގުޅުންހުރި