ފުލުހުންގެ އަމަލުތައް ހުރީ ގާނޫނީ އިމުން ބޭރުގައި ކަމަށާއި، އިންޑިއާ އައުޓް އެއްވުން ހުއްޓުވޭނެ ގާނޫނީ ހުއްޖަތެއް ނެތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފުލުހުންގެ އަމަލުތައް ގާނޫނީ އިމުން ބޭރު ކަމަށާއި، އިންޑިއާ އައުޓް އެއްވުން ހުއްޓުވޭނޭ ގާނޫނީ ހުއްޖަތެއް ނެތް ކަމަށެވެ. އަދި ރައްޔިތުންގެ ޝުއޫރު ހާމަކުރާތީ ފިޔަވަޅު އަޅަން ދިމާކުރުމަކީ އެންމެ ހުތުރު ޑިކްޓޭޓަރޝިޕްގެ ގޮތް ކަމަށާއި ބާރަކީ ރައްޔިތުންގެ އަތުގައި އޮންނަ އެއްޗެއް ކަމަށްވެސް ޖަމީލްގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ. ޖަމީލް މިހެން ވިދާޅުވެފައިވަނީ، އިދިކޮޅު ކޯލިޝަންގެ ޒުވާނުން މިއަދު ހަވީރު މާލޭގައި ބާއްވަން އުޅުން ސައިކަލު ބުރަށް ފުލުހުން ހުރަސް އަޅައި ހާލަތާ ނުބައްދަލު ބާރު ބޭނުން ކޮށްފައިވާތީއެވެ. އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިން މިއަދު މާލޭގައި ބާއްވަން އުޅުނު ސައިކަލު ބުރު ފުލުހުން ހުއްޓުވާފައިވަނީ، އެހަރަކާތުގެ ތެރެއިން ހަމަނުޖެހުމެއް ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ކަމަށް ބުނެއެވެ. އިދިކޮޅު ކޯލިޝަންގެ ލީޑަރު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވެވަޑައިގެންނެވި ފަހުން އިދިކޮޅުން ކުރަމުންގެންދާ އިންޑިއާ އައުޓް ހަރަކާތްތައް އިތުރަށް ފުޅާ ކުރުމަށް އަތޮޅުތަކުގެ ރަށްތަކަށް ދަތުރު ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
އިންޑިއާ އައުޓް އެއްވުން ހުއްޓުވޭނެ ގާނޫނީ ޙުއްޖަތެއް ނެތް - ޖަމީލް

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.