"އޯލަ"ގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަ ވާހަކަ އެޕެއް ތައާރްފްކޮށް ނެރެފިއެވެ.
އޯލައިގެ މިމަސައްކަތަކީ، އަހްމަދު ފަހުދު (ފައުޑީ) އާއި އައިޝަތު ސަމާހަތު (މާ)ގެ ހިޔާލަކުން އުފެދިގެން އައި މަސައްކަތެކެވެ. މިއީ ކުޑަކުދިންގެ ހިތްތަކުގައި ދިވެހި ބަހަށް ލޯބި ޖެއްސުމަށާއި ދިވެހިބަސް އިތުރަށް ޕްރޮމޯޓު ކުރުމުގެ މަޤްސަދުގައި ފެއްޓި މަސައްކަތެކެވެ.
ޒަމާނީގޮތަކަށް، މިފަދަ އެޕެއް މެދުވެރިކޮށް ދިވެހި ބަހުން ލިޔެފައި ހުންނަ ވާހަކަތައް ތަޢާރަފްވެގެން ދިޔުމުން، ދިވެހި ބަހަށް ކުޑަކުދިން ލޯބިޖެހި ދިވެހި ބަސް ދިރުވައި އާލާކުރުމުގެ މަސައްކަތް މުޅިން އެހެން ލެވެލް އަކަށް ގެންގޮސް ދެއެވެ. ކުޑަކުދިންނަށް އަމާޒުކޮށްގެން ފަރުމާކުރެވުނު މި އެޕަކީ އުމުރުން ހަތް އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްގެން ފަރުމާ ކޮށްފައިވާ އެޕެކެވެ. އަދި ކުރިއަށް އޮތްތަނުގައި ހަތް އަހަރުން މަތީގެ ކުދިންނަށްވެސް ބޭނުން ކުރެވޭނެ ގޮތަށް ވާހަކަތާކައި ލިޔުންތައް މިއެޕަށް އަޕްލޯޑް ކުރެވިގެން ދާނެއެވެ.
މިމަސައްކަތަކީ ފައުޑީ އަދީ މާ ގެނެސްދީފައިވަނީ އަހަރެއްހާ ދުވަހުގެ ބުރަ މަސައްކަތެވެ. މި އެޕުގައި ވާހަކައިގެ އިތުރުން ކުޑަކުދިންނަށް ހާއްސަ އޯޑިއޯ އަދި ވީޑިއޯ ކޮންޓެންޓުތައް ހިމެނެއެވެ. މި އެޕަކީ ކުޑަކުދިންނަށް ރައްކާތެރި އެޕެއްކަން އެޕްގެ ފައުންޑާ މެންބަރުން ޔަގީންކުރެއެވެ. އަދި މި އެޕްގައި ކުޑަކުދިންނަށް ފަސޭހައިން ކިޔަން އިނގޭނެ ގޮތަށް ވާހަކަތަކާއި ލިޔުންތައް ގެނައުމަށް ހާއްސަ އިސްކަމެއް ވަނީ ދީފައެވެ.
މި އެޕްގެ ފްރީ ވާޝަން އެޕަލް އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރުން އާންމުނަށް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ކައިރި މުސްތަގުބަލެއްގައި އިތުރު ކޮންޓެންޓާއެކު އޯލަ އެޕްގެ ޕްރިމިއާ ވާޝަންއެއް ތައާރަފްކުރުމުގެ ވިސްނުން ގެންގުޅުއްވާކަމުގައި މަޢުލޫމާތު ލިބެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.