1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އެމް.އެން.ޔޫގެ 15 ޓީމެއް އަތޮޅުތެރެޔަށް ދަތުރު ފަށައިފި

FGznyI-UYAMJ9kI
އެމްއެންޔޫގެ 15 ޓީމެއް މިމަހުގެ 21ގެ ނިޔަލަަށް އަތޮޅުތަކުގެ ސްކޫލުތަކުގައި ހަރަކާތްތެރިވާން ހަމަޖެހިފައިވޭ / ފޮޓޯ: އެމްއެންޔޫ
ޢަޒީޒާ އަފީފް
772ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ފަހި އެމްއެންޔޫ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ)ގެ 15 ޓީމެއް އަތޮޅުތެރެޔަށް ދަތުރު ފަށައިފިއެވެ.

މިމަހު 21 ގެ ނިޔަލަށް ކުރުމަށް ހަމަޖެހިފައިވާ މިދަތުރުތަކުގައި 15 ޓީމަކުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަރަކާތްތެރިވާނެ ކަމަށާއި ގްރޭޑް 8 ން މަތީގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ދިނުމުގެ އިތުރުން ދަރިވަރުންނަށް ސްޓަޑީ ސްކިލްސް އަދި ޓީޗަރުންނަށް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސެޝަންސް ހިންގުމާއި ބެލެނިވެރިންނާއި ރަށުގެ މުޖުތަމަޢު އަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޔޫއިން ހާމަކޮށްފައިވެއެވެ.

އެގޮތުން އަތޮޅުތަކަށް ދަތުރުކުރާ މިޓީމްތައް 69 ސްކޫލަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. ސްކޫލްތަކުގެ އިތުރުން ޒިޔާރަތްކުރާ ކޮންމެ ރަށެއްގެ ކައުންސިލާއި އަންހެނުންގެ ކޮމިޓީއާއި ބައްދަލުކޮށް އެމް.އެން.ޔޫއާ ގުޅިގެން އިތުރަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވިގެންދާނެ ކަމަށް އެޔުނިވާސިޓީން ބުނެފައިވެއެވެ.

300 × 250

ފަހި އެމް.އެން.ޔޫ ފަށާފައިވަނީ މިދިޔަ ނޮވެމްބަރމަހު 2 ވަނަ ދުވަހުގައެވެ. މިފަދަ ޕްރޮގްރާމެއް އުފެއްދުމުގެ މައިގަނޑު މަޤްސަދަކީ ޕަބްލިކަށް އަދި ޚާއްޞަކޮށް މާދަމާގެ ލީޑަރުން ކަމުގައިވާ ސްކޫލްތަކުގެދަރިވަރުންނަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އެމްއެންޔޫގެ ތަޞައްވަރާއި ޔުނިވަރސިޓީން ދެވޭ ޚިދްމަތްތަކާއި ފުރުޞަތުތަކާއި ހުރި ވަޞީލަތްތަކާއި ދަރިވަރުންނަށް އުފާވެރި މާހައުލެއް ޤާއިމްކޮށް ދޭން ޔުނިވަރސިޓީން ކުރާ މަސައްކަތްތައް ތަޢާރަފްކޮށްދިނުމެވެ. އަދި ސްކޫލް ދަރިވަރުންނަށް ކެރިއަރ ގައިޑަންސް ދިނުމެވެ.

ފަހި އެމްއެންޔޫ ޕްރޮގްރާމަކީ ޔުނިވަރސިޓީގެ ތަޞައްވަރާއި އެއްގޮތަށް ޔުނިވަރސިޓީން ނިކުންނަ ދަރިވަރުންނަކީ ފުޅާ ދާއިރާއެއްގައި ވިސްނާ ސިކުނޑި ހުޅުވިފައިތިބި ބިނާ ކުރުވަނިވި ޚިދުމަތްތެރި، އަނެކުންނާއި ދޭތެރޭ ވިސްނާ، އަމިއްލަ އަށް އިސްނަގައިގެން ޤައުމު ބިނާ ކުރާނެ ޚިދުމަތަތެރި ދަރިންތަކެއް އުފެއްދުމުގެ އަމާޒުގައި ހިންގާ ޕްރޮގްރާމެކެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި