އިންޑިއާގެ އަސްކަރީ ރާޑަރުތަކުންނާއި، ޑޯނިއަރތަކާއި ހެލިކޮޕްޓަރުތަކުން ބަލަބަލައި ތިއްބައި ކަނޑުމަގުން ރާއްޖެ ގެނެސް މާލެއަށް ބާލަމުންދާ މަސްތުވާތަކެތި ބަސްތާތަކުން ނުރައްކާތެރި ހަތިޔާރު ރާއްޖެ އެތެރެ ނުކުރެވޭނެ ކަމަށް މިހާރު ބަލާނެ ޖާގައެއް ނެތް ކަމަށް ޕީޕީއެމްގެ ސްޕޯކްސް ޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ހީނާ މިހެން ވިދާޅުވީ، އިންޑިއާ އައުޓް ހަރަކާތްތަކާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް އެކަމުގެ ނުރައްކާތެރިކަން އޮތް ކަމަށްބުނެ "ވޮއިސް އެމްވީ" ގައި ޝާއިއުކޮށްފައިވާ ހަަބަރެއް ޓުވީޓާގައި ޝެއަރ ކުރެއްވުމަށް ފަހުއެވެ. ހިނާ މިހެން ވިދާޅުވެފައިވާއިރު، ރައީސް ޔާމީން މިނިވަންވެ ވަޑައިގެންނެވުމާ އެކު އެމަނިކުފާނު ވަނީ، ފާޅުގައި އިންޑިއާ އައުޓް ހަރަކާތްތަކުގައި އިސްވެހުންނަވައި މަސައްކަތްތައް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ފަށާފައެވެ. މިކަމާ ގުޅިގެން ސަރުކާރަށް ތާއީދު ކުރައްވާ އެމްޑީޕީ މަޖިލިސް މެމްބަރުންނާއި ބައެއް މިނިސްޓަރުން ގެންދަވަނީ އިންޑިއާ އައުޓް ހަރަކާތްތަކާ ދެކޮޅަށް އެކި ޕްލެޓްފޯމް ތަކުގައި އަޑުއުފުލަމުންނެވެ.
މަސްތުވާތަކެތި ބަސްތާތަކުން ނުރައްކާތެރި ހަތިޔާރު ރާއްޖެ އެތެރެނުކުރެވޭނެ ކަމަށް ބަލާނެ ޖާގައެއް ނެތް - ހީނާ

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.