ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސް.ޓީ.އޯ)ގެ 57 ވަނަ އަހަރީ ދުވަހާއި ދިމާކޮށް ގދ.ތިނަދޫ ބްރާންޗުގެ މުވައްޒަފުން ދައްކާލީ ތަފާތު މަންޒަރެކެވެ. މިއަދަކީ އެސްޓިއޯގެ އަހަރީ ދުވަސް ކަމަށްވާތީ އެސް.ޓީ.އޯ ތިނަދޫ ފިހާރައިގެ ހުރިހާ މުުވައްޒަފުން މިއަދު ވަޒީފާއަށް ނުކުތީ ސަގާފީ ހެދުމުގައެވެ.

އެސް.ޓީ.އޯގެ މުވައްޒަފުން ސަޤާފީ ހެދުމުގައި / ފޮޓޯ: އެސް.ޓީ.އޯ

ދިވެހިންގެ ސަޤާފަތް ދައްކުވައިދޭ ގޮތަށް މުޅި ފިހާރަ ޒީނަތްތެރިކޮށްފައިވަނީ ކުރީ ޒަމާނު ގެތަަކާއި ފިހާރަތައް ހުންނަ ގޮތަށް ފަން ޖަހާފައެވެ. އަދި ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގައި ކުރީ ޒަމާނު މީހުން ބޭނުންކުރި ވަސީލަތްތައް ވަނީ ބޭނުންކޮށްފައެވެ. އެގޮތުން ހަނޑޫފަދަ ތަކެތި މިނެކިރުމުގައި ބޭނުންކޮށްފައިވަނީ ތިލަފަތެވެ. އެހެންކަމުން ފިހާރައަށް ޒިޔާރަތްކުރި ހުރިހާ ކަސްޓަމަރުންނަށް ފެނިގެންދިޔައީ ތަފާތު މަންޒަރެކެވެ. އަހަރީ ދުވަހުގެ ކޭކު ފެޅުމުގައި ހުރިހާ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. އެސް.ޓީ.އޯގެ މުވައްޒަފުންނަކީ ވަރަށް އެކުލުންތެރި ހީވާގި މުވައްޒަފުންތަކެއްކަން މިއަދު ހާމަވެގެން ހިގައްޖެއެވެ.

އެސް.ޓީ.އޯ.ތިނަދޫ ފިހާރައިގެ މުވައްޒަފަކު ހަނޑޫ ކިރުމުގައި / ފޮޓޯ: އެސް.ޓީ.އޯ

ތިނަދޫގައި މީހުން އަލަށް އާބާދުވިތާ އަދިމިވީ 55 އަހަރެވެ. އެހެންކަމުން އެސް.ޓީ.އޯ އުފެދިފައިވަނީ ތިނަދޫއަށް މީހުން އަލަށް އާބާދުވިތާ 2 އަހަރު ފަހުންނެވެ. ޑިސެމްބަރ 20 ވަނަ ދުވަހަކީ އެސް.ޓީ.އޯގެ އަހަރީ ދުވަސް ކަމުން، އަހަރީ ދުވަހުގެ ހާއްސަ ހަދިޔާތަކާއެކު އެސްޓީއޯ އިން ވަނީ އެއްދުވަހުގެ ސޭލެއް ފަށާފައެވެ. މިސޭލް ބާއްވަނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް، އެސްޓީއޯ ސުޕަރމާޓު އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.