ނޭޝަނަލް ޑްރަގް އޭޖެންސީ އިން ފޯރުކޮށްދެމުންދާ ޚިދުމަތްތަކަކީ ހިލޭ ފޯރުކޮށްދޭ ޚިދުމަތްތަކެއް ކަމުގައި އެ އެޖެންސީއިން ބުނެފިއެވެ.

އެންޑީއޭ އިން ޑޮކްޓަރަށް ދެއްކުމާއި، ބޭސް ފޯރުކޮށްދިނުން ފަދަ ބައެއް ޚިދުމަތްތަކަކީ އަގު ނަގައިގެން ފޯރުކޮށްދެވޭ ޚިދުމަތްތަކެއް ކަމުގައި ބައެއް ފަރާތްތަކަށް އޮޅުންއަރާފައިވާތީއެވެ.

https://twitter.com/NDA_MV/status/1473299682793168896

އެކަމާ ގުޅިގެން އެންޑީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ ދަށުން އެ އެޖެންސީއާއި ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތަކުގެ ތެރެއިން މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަ ހުންނަ ފަރާތްތަކަށް ފަރުވާދީ، ރީއިންޓަރގްރޭޓްކޮށް އަލުން އަނބުރާ މުޖުތަމަޢުއަށް ނެރުމުގެ ގޮތުން އެއެޖެންސީން ފޯރުކޮށްދޭ އެއްވެސް ޚިދުމަތަކީ އަގު ނަގާގޮތަކަށް ނުވާތީ، އެއެޖެންސީގެ ހުރިހާ ޚިދުމަތްތަކަކީ ހިލޭ ފޯރުކޮށްދެވޭ ޚިދުމަތްތަކެއް ކަމުގައި ދަންނަވާ ކަމަށެވެ.