ބައެއް ފިރިންނަކީ، ރަށުން ބޭރުގައި ވަޒީފާ އަދާކުރަންޖެހުމުގެ ސަބަބުން އަނބިން ކައިރީ ދިރިއުޅުމުގެ ފުރުޞަތު ލިބިފައި ނުވާ ފަރާތްތަކެވެ. ޚާއްސަކޮށް ރިސޯޓް ދާއިރާގެ ވަޒީފާތަކުގައި އުޅޭ ފަރާތްތަށް ފާހަގަކޮށްލެވެއެވެ. މިފަދަ ބައެއް ފަރާތްތަކުގެ އަނބިންނަކީ ގިނަފަހަރަށް "ހައުސް ވައިފުން" ނުވަތަ އެއްވެސް ވަޒީފާއެއް އަދާ ނުކޮށް ގޭގައި ތިބޭ އަންހެން ބޭފުޅުންގެ ގޮތުގައި ފާހަގަކުރެވެއެވެ. ނަމަވެސް ހައުސް ވައިފުންގެ ގޮތުގައި ތިބޭ، އެއްވެސް ވަޒީފާއެއް އަދާނުކުރާ އަންހެން ކަނަބލުން، ވަރަށް މުހިންމު 3 ވަޒީފާއެއް އަދާކުރެއެވެ. ދިރިއުޅުމުގެ ތަފާތު ބޭނުންތަކާއި، ޚަރަދުތައް ހަމަޖެއްސުމަށް އާމްދަނީ ލިބޭ ކޮންމެވެސް މަސައްކަތެއް ނުވަތަ ވަޒީފާއަކަށް ބަރޯސާވާން މަޖުބޫރުވެއެވެ. އާމްދަނީ ލިބޭނެ މަސައްކަތެއް ނުވަތަ ވަޒީފާއެއް އަދާކުރުމަކީ އާއިލާގެ އެންމެ އިސްފަރާތުގެ ހައިސިއްޔަތުން ފިރިމީހާގެ ޒިންމާއެކެވެ. ނަމަވެސް މިޒަމާނުގެ ހާލަތަށް ބަލާއިރު، ދެމަފިރިންގެ ތެރެއިން ހަމައެކަކު ވަޒީފާ އަދާކޮށްގެން ލިބޭ އާމްދަނީއަކުން ދެކޮޅު ނުޖެހެއެވެ. ދެމަފިރިން ވަޒީފާއަށް ގޮސްގެން އާމްދަނީ ހޯދާފަރާތްތަށްވެސް މިމުޖުތަމަޢުގައި މަދެއް ނޫނެވެ. ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި މުހިންމު އެއް ދާއިރާ ކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާކުރާ ގިނަ ފަރާތްތަށް ވަޒީފާއަދާކުރަން ޖެހިފައިވަނީ އާއިލާތަކާއި ދުރުގައިކަން ފާހަގަކޮށްލެވެއެވެ. ފިރިމީހާ ރަށުން ބޭރުގައި ވަޒީފާ އަދާކުރާ ގިނަ ފަރާތްތަކުގެ އަނބިންނަކީ، ހައުސް ވައިފުންގެ ގޮތުގައި ދިރިއުޅެމުން އަންނަ ފަރާތްތަކެވެ. ވަޒީފާގެ ސަބަބުން ފިރިން ރަށުގައި ނެތްނަމަވެސް، އަދި އަމިއްލަޔަށް ވަޒީފާ އަދާ ނުކުރާ އަންހެން ބޭކަނބަލުން ވަރަށް މުހިންމު 3 ވަޒީފާއެއް އަދާކުރެއެވެ. މި މުހިންމު 3 ވަޒީފާއަށް މިލިޔުމުގައި ބަލާލެވިފައި ވާނެއެވެ.
ދަރިން ތަރުބިއްޔަތުކުރުން
ދަރިން ތަރުބިއްޔަތު ކުރުމަކީ ދީނީގޮތުންވެސް ދެމަފިރިންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެކެވެ. ކާވެންޏަށް ލިބޭ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތެއްދީ ރަނގަޅު ދަރިފަސްކޮޅެއް ބިނާކުރުމަކީ، ކައިވެނީގެ މަޤްޞަދުގެ ތެރޭގައި ހިމެނޭކަމެއްވެސް މެއެވެ. ދަރިން ތަރުބިއްޔަތު ކުރުމުގެ ޒިންމާއަކީ ދުނިތޭގައިވާ ހުރިހާ މައިން އަދާކުރަން ޖެހިފައިވާ އަނގު ނުކުރެވޭ ވަޒީފާއެކެވެ. ޚާއްސަކޮށް ފިރިމީހާ ރަށުން ބޭރުގައި ވަޒީފާ އަދާކުރާނަމަ، އަނބިންގެ މިޒިންމާ ބޮޑުތަނުން އިތުރުވެގެން ދެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.