މިއަދު ހެދުނު 10 ޖަހާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހު ހަސީނާ އާއި ބައްދަލު ކުރައްވައި، ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ފައްޓަވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
މިދަތުރުފުޅުގައި ޝެއިޚް ހަސީނާ ރާއްޖޭގައި ހަ ދުވަހު މަޑުކުރައްވާނެ ކަމަށް ވަނީ އަންގާފައެވެ. މިދުވަސްތަކުގައި އެންމެ ބޮޑު އިސްކަމެއް ދެވޭނީ ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުލޭ ބިދޭސީންގެ މައްސަލަތަކަށް ހައްލެއް ހޯދުމަށް ކަމަށް ވަނީ ހާމަކޮށްފައެވެ.
ރާއްޖެ އާއި ބަންގްލަދޭޝްގެ ގުޅުން ރަނގަޅު ކުރުމަށް ރައީސް ސޯލިހުގެ އިސްނެންގެވުމަށް ޝެއިހު ހަސީނާ ރާއްޖެ ވަޑައިގަތީ އިއްޔެގެ ވަގުތެއްގައެވެ. އެކަމަނާގެ އިއްޒަތުގައި ސަރުކާރުން މިއަދު 9:45 ގައި ރަސްމީ އޮނާގާޑެއް ބާއްވަން ވަނީ ނިންމާފައެވެ. އެއަށްފަހު އެކަމަނާ ރައީސް އާ ބައްދަލުކޮށް ދެ ގައުމުގެ ދެމެދުގައި މުހިންމު މަޝްވަރާތަކެއް ކުރެވިގެން ދާނެ ކަމަށް ރައީސް އޮފީހުން ވަނީ އަންގާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.