ގދ.ތިނަދޫގެ ހުޅަނގުން 31 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގައި ހުރި މީހެއްގެ ހާލު ބޮޑުވެގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާ އެކު ގދ.ތިނަދޫއަށް ގެނެސްފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، މިހާދިސާގައި ހާލު ދެރަވީ، "ކަޅިރަވަ" ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި އުމުރުން 43 އަހަރުގެ ދިވެހި ފަޅުވެރިއެކެވެ.
މިހާދިސާގެ މައުލޫމާތު ލިބިފައިވަނީ، މިއަދު މެންދުރު 14:35 އެހާކަންހާއިރު ކަމަށާއި، އެކަމުގެ މައުލޫމަތު ލިބުމުން އެސަރަހައްދަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިން ގޮސް، އެހީތެރިކަން ފޯރުކޮށްދޭން ފެށި ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާ އެކު ބަލި މީހާ ތިނަދޫއަށް ގެންދެވިފައިވަނީ މިއަދު ހަވީރު 16:35 ހާއިރުއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.