އިންޓަރނެޓްގައި ދައުރުވަމުން ދިޔަ ފޮޓޯއަކަށް ނަޒަރު ހުއްޓުނެވެ. މިފޮޓޯ ސޯޝަލް މީޑިޔާގައި ގިނަބަޔެއް ޝެއަރކޮށް ކޮމެންޓް ކޮށްފައި ވެއެވެ.
މިފޮޓޯއަކީ ވަރަށް މާނަފުން ފޮޓޯއެއްގެ ގޮތުގައި ފާހަގަކުރެވުނެވެ. އަންހެނަކާއި ފިރިހެނެއް ފޮޓޯގައި ފެންނައިރު، ލަފާކުރެވޭ ގޮތުގައި ދެމީހުން ފާހަގަކުރަނީ ދެމީހުންނަށްވެސް ޚާއްސަ ދުވަހެކެވެ. ދެމީހުންވެސް ރީތިކޮށް ހެދުން އަޅާފައިވާކަން ފާހަގަކުރެވެއެވެ. ފިރިހެން މީހާ ސޫޓެއް ލާފައި ވާއިރު، އަންހެން މީހާ ވެސް ހުރީ ޚާއްސަ ހެދުމެއްގައި ކަން ފާހަގަކޮށްލެވެއެވެ. ފެންނަ ފެނުމަށް މިއީ ދެމަފިރިންނަށް ނުވަތަ ދެލޯބިވެރިންނަށް ވުމަކީވެސް އެކަށީގެން ވެއެވެ. ދެމީހުންވެސް މިފަދަ ޚާއްސަ ގޮތަކަށް ހެދުން އަޅާފައި ވުމުން އެނގިގެންދަނީ ފާހަގަކުރަނީ ވަރަށް ޚާއްސަ އަދި މުހިންމު ދުވަހެއްކަމެވެ.
ލަފާކުރެވޭ ގޮތުން މިއީ ދެމަފިރިންގެ ގޮތުގައި ބެލެވެއެވެ. އަދި ފާހަގަ ކުރަނީ ދެމަފިރިންގެ އެނިވާސަރީ ކަމުގައި ބެލެވެއެވެ. ނަމަވެސް ކިތަންމެ ރިތިކޮށް ހެދުން އަޅާފައި ތިބި ކަމުގައި ވީނަމަވެސް، ފޮޓޯ އޭގެ ޒާތުގައި ތަފާތު ވާހަކަތައް ކިޔައިދެއެވެ. ދެމީހުންގެ ދިރިއުޅުމުގެ ހާލަތެވެ. އެނިވާސަރީ ފަދަ ޚާއްސަ މުނާސަބަތު ތަކުގައި އާންމުކޮށް ފެންނަ ބޮޑެތި ކޭކުތަކާއި، ބޮޑެތި ގުލްދަސްތާތަކާއި، އަގު ބޮޑު ހަދިޔާތަކެއް ނުފެނެއެވެ. އޭގެ ބަދަލުގައި ކޭކެއްގެ ގޮތުގައި ފެންނަނީ ޕާނެކެވެ. އެއްވެސް ހަދިޔާއެއް ނެތެވެ. ބޯ ބުއިމަކަށް ހުރީ ސޮފްޓް ޑްރިންކް ފުޅިއަކާއި، ޖޫސްބޯ ތައްޓެކެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.