1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއަރޓްރެފިކް ޓަވަރ ސިމިއުލޭޓާރ ޤާއިމުކޮށްފި

FHtEdJ_UcAAU6M-
އެއަރޓްރެފިކް ޓަވަރ ސިމިއުލޭޓާ ތައާރަފްކުރުން / ފޮޓޯ: އެމް.އޭ.ސީ.އެލް
ޢަޒީޒާ އަފީފް
805ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއަރ ޓްރެފިކް ޓަވަރ ސިމިއުލޭޓާރއެއް ޤާއިމުކޮށްފިއެވެ.

އެއަރ ޓްރެފިކް ޓަވަރ ސިމިއުލޭޓަރގެ ޚިދުމަތް ތައާރަފްކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލް ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ޗީފް އޮފިސަރު އިބްރާހިމް ތޯހާ ވިދާޅުވީ މިސިމިއުލޭޓަރ ސަޕްލައިކޮށް ހަރުކޮށްދިނުމުގެ މަސައްކަތްކޮށްދިނީ އެއަރޓްރެފިކް ކޮންޓްރޯލް އަދި އެއަރ ޑިފެންސް ސިމިއުލޭޓަރތައް ހަރުކުރުމުގައި 33 އަހަރުގެ ތަޖުރިބާ ލިބިފައިވާ އިނގިރޭސިވިލާތުގެ މައިކްރޯ ނޭވްއިން އިން ކަމަށާއި މިއީ ވީ.އައި.އޭ އަދި ރާއްޖޭގެ އެކިސަރަހައްދުތަކުގައި ޤާއިމްކޮށްފައިވާ އެއަރޓްރެފިކް ކޮންޓްރޯލް ޓަވަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ތަމްރީންކުރުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ.

ރާއްޖޭގެ އެއަރޕޯޓްތަކަށް ބިނާކޮށް 2019 ވަނަ އަހަރު ޤާއިމުކުރަންފެށި މިސިމިއުލޭޓަރުން މިހާރު އެއާޕޯޓް ރަންވޭގެ 240 ޑިގްރީ ފެނުނުނަމަވެސް 280 ޑިގްރީއަށް ބޮޑުކުރުމުގެ ފުރުސަތު އެބައޮތްކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.

300 × 250

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޤާއިމުކުރެވުނު އެއަރ ޓްރެފިކް ޓަވަރ ސިމިއުލޭޓަރ / ފޮޓޯ: އެމް.އޭ.ސީ.އެލް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ(އެމް.އޭ.ސީ.އެލް)އިން ބުނާގޮތުގައި މިސިމިއުލޭޓަރގެ ސަބަބުން އެއާޓްރެފިކް ކޮންޓްރޯލް އޮފިސަރުން ތަމްރީންކުރުމަށް އެމް.އޭ.ސީއެލުން ކުރަމުންދާ ހޭދަ އެތައް ގުނައެއް ކުޑަވެގެންދާނެ ކަމަށެވެ.

އެކުންފުނިން ހާމަކުރާ ގޮތުގައި މިއީ އެކުންފުންޏަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި މސިމިއުލެޓަރ ތަކަކީ ވަރަށް ބޭނުންތެރި ވަސީލަތްތަކެއް ކަމަށެވެ. އެގޮތުން ބަލާއިރު ސިމިއުލޭޓަރއިން ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ޤަވާއިދުތަކާއި އެއްގޮތައް ގިނަ ތަމްރީން ޕްރޮގްރާމްތަކާއި އެއާޕޯޓްގައި ތަރައްޤީ ކޮށްފައިވާ އައު ރަންވޭގެ އޮޕަރޭޝަނަށް އެއަރޓްރެފިކް ކޮންޓްރޯލް މުވައްޒަފުން އަހުލުވެރިކުރުމަށް ކުރިއަށްގެންދާ ތަމްރީންތައްވެސް ކުރިޔަށް ގެންދެވޭނެއެވެ.

އެމްއޭސީއެލް އިން ބުނާގޮތުގައި ޒަމާނީ ފަހުގެ ޓެކްނޮލޮޖީއާއެކު ހަރުކުރެވިފައިވާ ސިމިއުލެޓަރއިން މިހާރު ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ޓަވަރ ކޮންޓްރޯލް ޓްރެއިނިންގ އަދި އެއާޕޯޓުގެ އައު ރަންވޭއަށް އަޙުލުވެރިވުމުގެ ތަމްރީން ޕްރޮގްރާމްތައް ރާއްޖެއިން ބޭރުންކުރިއަށް ގެންދަން ހޭދަވާ 6.9 މިލިއަން ރުފިޔާ ސަލާމަތް ކުރެވިގެންދާނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި