1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ތިނަދޫގެ ފުޓްބޯޅަ ކުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ވަރަށް ގިނަ މަސައްކަތް އަދި ކުރަން ޖެހޭ : ޝުކޫރު

269863138_2421646691305203_2504840095360342508_n
ތިނަދޫގެ މަޝްހޫރު ފުޓްބޯޅަ ދެކުޅުންތެރިން ކަމަށްވާ އަބްދުﷲ ޝުކޫރު (ވ) އަދި އަހުމަދު ޝަފީޤް (ސޮއްޕެ) (ކ) / ހުވަދޫ ފޮޓޯ މުހައްމަދު އަޚްތަރު
ޢަޒީޒާ އަފީފް
760ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގދ ތިނަދޫގައި މިއަދު ކުޅޭ ފުޓްބޯޅައިގެ ފެންވަރު ރަނގަޅު ކުރުމަށް ވަރަށް ގިނަ މަސައްކަތް އަދި ކުރަން ޖެހޭ ކަމަށް ކުރީގެ ޤައުމީ ތަރި އަބްދުﷲ ޝުކޫރު ބުނެފިއެވެ.

ތިނަދޫ އަށް ނިސްބަތްވާ އަދި ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ތަރި ޝުކޫރު މިހެން ބުނީ ތިނަދޫ އަށް ޒިޔާރަތް ނުކުރާ 32 އަހަރު ފަހުން ރަށަށް ކުރި ޒިޔާރަތުގައި މިހާރު ކުރިއަށްދާ ހަވަރު ސްޕޯޓްސް ގެ ފުޓްބޯޅަ މެޗްތައް ބެލުމަށް ފަހު ހުވަދޫ ނިއުސް އަށް މައުލޫމާތު ދެމުންނެވެ.

ޝުކޫރު ބުނެފައިވަނީ ތިނަދޫ ދަނޑުން ފެނުން ކުޅުން ތެރިންގެ ތެރޭގައި ކުރިމަގުގައި މޮޅު ކުޅުމަށް ކުޅެވިދާނެ ކުޅުންތެރިން ފެނޭ ކަމަށާއި އެ ކުދިންނަށް ބޭނުން ވަނީ ރަނގަޅު ކޯޗުންގެ ދާއިމީ ތަމްރީނު ކަމަށެވެ.

300 × 250

" ވަރަށް ދުވަސް ކޮށްލާފައި ރަށަށް މިއައީ. ވަރަށް އުފާވެރި މަންޒަރެއް ފެނުނީ. ފުޓްބޯޅަައިގެ މުސްތާޤްބަލް އެބައޮއި. ހުނަރުވެރި ޓީމެއް ނުވަތަ ކުޅުންތެރިން އުފެދިދާނެ. ޤައުމީ ލެވެލަށް ތިނަދޫ ގެންދެވި ދާނެ އަދިވެސް" ޝުކޫރު ބުންޏެވެ.

ކްލަބް ވެލެންސިއާގެ ވެސް ކުރީގެ ތަރި އަބްދުﷲ ޝުކޫރު އިތުރަށް ބުނެފައިވަނީ މީގެ ކުރިން ތިނަދޫ ގެ ޒުވާން ކުޅުންތެރިން ރާއްޖޭގެ 1 ވަނަ ޑިވިޝަން އަދި ޤައުމީ ޓީމުގައި ތިބި ތިބުމަކީ ތާރީޚީ ފަހަރެއް ކަމަށާއި އެކަމަށް މިއަދުވެސް މަސައްކަތް ކުރުމަށް ޒުވާނުން ނުކުންނަން ވެއްޖެ ކަމަށެވެ. އަދި ތިނަދޫ ގައި އަބަދުވެސް ފުޓްބޯޅަ ކުރިއަރުވަން އަމިއްލަ ޖަމްޢިއްޔާ ތަކުން މަސައްކަތް ކުރާ ކަމަށާއި މިހާރުވެސް އެ މަންޒަރު ފެނިގެންދާކަމަށް ޝުކޫރު ބުންޏެވެ.

269921098_429189528921635_1219881513173862788_nފޮޓޯ: އަބްދުﷲ ޝުކޫރު ކުޅުނު ފުޓްބޯޅަ މެޗެއް

ތިނަދޫ އަބްދުﷲ ޝުކޫރު އަކީ 1983 ން 1985 އަށް ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގައި ހިމެނުން މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އޭނާ ކުޅުމާއި ދުރަށް ދާން ޖެހުނީ ޤައުމީ ޓީމު ރާއްޖެ އިން ބޭރުގައި ކުޅުނު މެޗެއްގައި ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން ފައި ބިންދައިގެން ދިޔުމުންނެވެ.

ތިނަދޫގެ ފުޓްބޯޅަ ކުރިއެރުވުމަށް އަމިއްލަ ޖަމިއްޔާ ތަކުން މަސައްކަތް ކުރަމުން ދާއިރު ތިނަދޫގެ އެއް ޖަމްޢިއްޔާ ކަމަށްވާ ތިނަދޫ ޔޫތު ފުޓްބޯލް ކްލަބުންވެސް ދަނީ ފުޓްބޯޅައިގެ ތަމްރީނުތައް ކުޑަ ކުދިންނާއި ޅަ ޒުވާނުންނަށް ދިނުމަށް ޕްރޮގްރާމްތައް ހިންގަމުންނެވެ. އަދި ހަވަރު ސްޕޯޓްސް އިން ދަނީ ކޮންމެ އަހަރަކު ބޮޑު މުބާރާތެއް މުޅި އަތޮޅަށް ގުޅުވައިގެން ތިނަދޫ ގައި ބާއްވަމުންނެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި