ވަޒީފާގެ ކުރިއެރުން ނުލިބޭތީ ރާއްޖޭގެ 14 އަތޮޅެއްގައި ސިއްޚީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން އެމައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އާއި ހެލްތު މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައަކީ އެދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް އިންސާފް ހޯދައިދިނުމަށް ހުށަހެޅުނު މައްސަލައެކެވެ.
14 އަތޮޅެއްގެ ސިއްޚީ ދާއިރާގައި މަސައްކަތްކުރާ ސިވިލް ސާރވިސް 489 މުވައްޒަފުންގެ ހައްޤުގައި ހެލްތު ޕްރޮފެޝަނަލް ޔޫނިއަނުން އިސްނަގައިގެން މިމައްސަލަ ވަނީ ކޯޓަށް ވައްދާފައެވެ. މުވައްޒަފުންގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރަނީ ޕަބްލިކް އިންޓްރަސްޓް ލޯ ސެންޓާ (ޕީއައިއެލްސީ)އިންނެވެ.
2008ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ވެސް ސިވިލް ސާވިސްގެ ހެލްތު ޕްރޮފެޝަނަލްގެ ފަންނީ ވަޒީފާތަކަށް ކުރިއެރުމެއް ނުލިބޭ ކަމަށާއި ކުރިއެރުން ނުލިބެނީ އެކަން ކުރެވޭނެ އޮނިގަނޑެއް ނެތުމުގެ ސަބަބުން ކަމަށް އެ ލޯ ފާމުން ވަނީ ވިދާޅުވެފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.