މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ ރޭ 9:30 އެހާއިރު މާފަންނު ގެއެއްގެ ތެރޭގައި މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ގޮސް ބަލާލިއިރު އެމީހާ އޮތީ މަރުވެފައި ކަމަށެވެ. ފުލުހުން ވިދާޅުވާ ގޮތުގައި މަރުވެފައި އޮތްވާ ފެނިފައިވަނީ އުމުރުން 44 އަހަރުގެ ފިރިހެނެކެވެ.
ގެއެއްގެ ތެރޭގައި މީހަކު ވެއްޓިފައި އޮތް މައުލޫމާތު ލިބިގެން ފުލުހުން ދިޔައި ފުލުހުންގެ ޑޮކްޓަރެއް ގޮވައިގެން ކަމަށާއި އެމީހާ ބެލުމަށްފަހު ޑޮކްޓަރު އެންގީ އޭނާ އޮތީ މަރުވެފައިކަމަށެވެ.
މިމައްސަލައާ ބެހޭ އިތުރު މައުލޫމާތު ފުލުހުން ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް މިމައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ފުލުހުންދަނީ ބަލައި ތަހުޤީގުކުރަމުންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.