1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އެޕާޓްމެންޓެއް ކުއްޔަށް ދޭނެކަމަށްބުނެ މަކަރާއި ހީލަތުން ފައިސާ ނެގި ދެމީހަކު ފުލުހުން ހޯދަނީ

Screenshot_20220103-135141_Facebook
ޢަޒީޒާ އަފީފް
737ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އެޕާޓްމެންޓެއް ކުއްޔަށް ދޭނެކަމަށް ބުނެ މަކަރާއި ހީލަތުން މީހަކު އަތުން ފައިސާ ނެގި ދެމީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މީހަކަށް އެޕާޓްމަންޓެއް ކުއްޔަށް ދޭނެ ކަމަށްބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހާޒިރުކުރުމަށް ބޭނުންވެ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދު ކުރެވިފައިނުވާ ކަމަށާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން ހޯދަމުންދަނީ އދ. މާމިގިލި / ނޭޕާލް، ޢާއިޝަތު މާޝާ ޝާހީން (26އ) އާއި ހއ. ހޯރަފުށި / އަޝްރަފީގެ، ނައުފަލް އަޙްމަދު (33އ)އެވެ.

300 × 250

މިދެމީހުންނަކީ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާ ބައެއް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

2022 ޖަނަވަރީ 13 ވަނަ ދުވަހުގެ10:00 އަށް މިމައްސަލައިގެ ތަހުޤީގަށް ޝަހީދު ހުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި