މިދިޔަ ޖޫން މަހުގެ ތެރޭގައި ރާއްޖެއަށް މުދާ އެތެރެކުރުމާއި ބޭރުކުރުމުގެ މުއާމަލާތްތަކުން ދައުލަތަށް ލިބުނު އާމްދަނީ، އޭގެ ކުރީ މަހާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ކަސްޓަމްސްއިން އާންމުކުރި ރިޕޯޓުގައިވާ ގޮތުން ޖޫން މަހު އިމްޕޯޓް-އެކްސްޕޯޓުން ދައުލަތަށް 406 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.
މިއީ މޭ މަހު ލިބުނު 322 މިލިޔަން ރުފިޔާއާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ. ޖޫން މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ ޖުމްލަ އަގު 6.7 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މޭ މަހު އެތެރެކުރި 5.5 ބިލިޔަން ރުފިޔާގެ މުދަލާ އަޅާބަލާއިރު 21.8 އިންސައްތައިގެ އިތުރުވުމެކެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ޖޫން މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާންއިންނެވެ. އެ ގައުމުން 1,601 މިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން މުދާ އެތެރެކުރި އިންޑިއާއިން 1,502 މިލިޔަން ރުފިޔާގެ މުދާ ގެނެސްފައިވާއިރު، ޗައިނާއިން ވަނީ 922 މިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.