ގދ.ފަރެސްމާތޮޑާ ފުޓްސަލް ދަނޑުގައި ކުރިޔަށްދާ ފަރެސްމާތޮޑާ ކައުންސިލް ފުޓްސަލް ޗެލެންޖްގެ މިރޭގެ ފުރަތަމަ މެޗް މާތޮޑިއަންސް ކާމިޔާބުކޮށްފިއެވެ.
މިރޭގެ މެޗުގައި ކުޑަކަންމަތި ޓީމާއި ވާދަކޮށް މާތޮޑިއަންސް ވަނީ 7-1 އިން މެޗު ކާމިޔާބުކޮށްފައެވެ. އެހެން މެޗުތަކެކޭ އެއްގޮތަށް މިރޭގެ މެޗުގައިވެސް މާތޮޑިއަންސް ވަނީ ގަދަކުޅުމެއް ދައްކާފައެވެ.
މިމެޗަށްފަހު މިރޭ ދެން ކުޅޭ މެޗުގައި ވާދަކުރާނީ ޓީމް ކްލެސިކް ރޯޔަލް އާއި ޓީމް ބެންޑިޓްއެވެ. މިމެޗުވެސް ވެގެންދާނީ ފޯރިގަދަ ވަރުގަދަ ކުޅުމެއް ފެނިގެންދާނެ މެޗަކަށެވެ.
މީގެއިތުރުން މާދަމާވެސް މިމުބާރާތުގެ 2 މެޗް ބޭއްވިގެންދާނެއެވެ. މާދަމާގެ މެޗުން ކާމިޔާބު ހޯދާ ޓީމް ވެގެންދާނީ ފައިނަލުގައި މާތޮޑިއަންސް އާއި ވާދަކުރާ ޓީމަށެވެ. އެހެންކަމުން މާދަމާގެ މެޗް މިމުބާރާތުގެ ވަރަށް މުހިންމު މެޗަކަށް ވެގެންދާނެއެވެ.
މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 06 ޖެނުއަރީ 2022 ވާ ބުރާސްފަތި ދުވަހުގައެވެ.
ފަރެސްމާތޮޑާގެ ޑަބްލިޔު.ޑީ.ސީގެ އެއްބާރުލުމާއެކު ކުރިޔަށް ގެންދެވޭ މިމުބާރާތަކީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު ބޭއްވުނު މުބާރާތެއްކަން އެރަށު ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.