1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ކުޅިވަރު

ފަރެސްމާތޮޑާ ކައުންސިލް ފުޓްސަލް ޗެލެންޖް: މިރޭގެ ދެވަނަ މެޗުގައި ބެންޑިޓްސްގެ މައްޗަށް ކްލާސިކް ރޯޔަލްސް ކާމިޔާބު ހޯދައިފި

270223993_894857261099839_3614048954781428775_n
ޢަޒީޒާ އަފީފް
553ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގދ.ފަރެސްމާތޮޑާ ފުޓްސަލް ދަނޑުގައި ކުރިޔަށްދާ ފަރެސްމާތޮޑާ ކައުންސިލް ފުޓްސަލް ޗެލެންޖްގެ މިރޭގެ ދެވަނަ މެޗް ކްލާސިކް ރޯޔަލްސް ކާމިޔާބުކޮށްފިއެވެ.

މިރޭގެ މެޗުގައި ޓީމް ބެންޑިޓްސް ބަލިކޮށް 3-1 އިން މިމެޗު ކާމިޔާބުކޮށްފައިވަނީ ކްލާސިކް ރޯޔަލްސްއެވެ. މިމެޗްވެގެންދިޔައީ ކުޅުންތެރިންގެ އިތުރުން ސަޕޯޓަރުންނަށްވެސް ވަރަށް މުހިންމު މެޗަކަށެވެ. މިރޭގެ މެޗުން ކުޅުންތެރިން ދައްކުވައިދިނީ ވަރަށް މޮޅު ކުޅުމެކެވެ. އަދި އެހެން މެޗުތަކެކޭ އެއްފަދައިން މިރޭގެ މެޗަކީވެސް ސަޕޯޓަރުންގެ ފޯރިގަދަ ވަރުގަދަ މެޗެކެވެ.

މީގެއިތުރުން މާދަމާވެސް މިމުބާރާތުގެ 2 މެޗް ބޭއްވިގެންދާނެއެވެ. މާދަމާގެ މެޗުން ކާމިޔާބު ހޯދާ ޓީމް ވެގެންދާނީ ފައިނަލުގައި މާތޮޑިއަންސް އާއި ވާދަކުރާ ޓީމަށެވެ. އެހެންކަމުން މާދަމާގެ މެޗް މިމުބާރާތުގެ ވަރަށް މުހިންމު މެޗަކަށް ވެގެންދާނެއެވެ.

300 × 250

މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 06 ޖެނުއަރީ 2022 ވާ ބުރާސްފަތި ދުވަހުގައެވެ.

ފަރެސްމާތޮޑާގެ ޑަބްލިޔު.ޑީ.ސީގެ އެއްބާރުލުމާއެކު ކުރިޔަށް ގެންދެވޭ މިމުބާރާތަކީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު ބޭއްވުނު މުބާރާތެއްކަން އެރަށު ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

ފަރެސްމާތޮޑާގެ ކައުންސިލްގެ ނައިބްރައީސް ނަސްރުﷲ މުހައްމަދު ހުވަދޫ ނިއުސްއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މިމުބާރާތުގައި މިއަދާ ހަމަޔަށް ކުޅުނު ހުރިހާ މެޗަކުން ފެނިގެންދިޔައީ ސަޕޯޓަރުންނާއި ކުޅުންތެރިންގެ އެކުލުންތެރިކަމާއި އެއްބާރުލުން ކަމަށެވެ. އަދި ވަކިން ހާއްސަކޮށް އެރަށުގެ މަސްވެރިންނާއި ވިޔަފާރިވެރިންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ނަސްރުﷲ ވަނީ އެފަރާތްތަކަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

މީގެއިތުރުން މިމުބާރާތުގެ ހުރިހާ މެޗުތަކަށް ބަލާލާއިރު ޖުމްލަ 4 ރީދޫ ކާޑު ދައްކާފައިވާއިރު އެއްވެސް މެޗަކުން މިހާތަނަށް އެއްވެސް ކުޅުންތެރިޔަކަށް ރަތް ކާޑެއް ދައްކާފައި ނެތެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި