ބޭރުގެ ފަރާތްތަކާ ގުޅިގެން ރާއްޖޭގައި ފުޅާދާއިރާއެއްގައި ހިންގަމުންދާ މަސްތުވާތަކެތީގެ ވަގު ވިޔަފާރި ހުއްޓުވުމަށް ރާއްޖޭގެ ބޯޑަރު ބަލަހައްޓައި، ކުރައްވަަންޖެހިވަޑައިގެންނެވި ކޮންމެކަމެއް ކުރައްވަމުން ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ނ.ލަންދޫ ބަނދަރު ހުޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިދިޔަ އަހަރު އެކަނިވެސް މިއިން ދުވަހަކު ރާއްޖެއިން އަތުލައިނުގަންނަ މިންވަރަށް ޑްރަގު އަތުލައިގަނެވިފައި ވާކަން ރައީސް ފާހަގަކުރެއްވިއެވެ. މިކަން ހުއްޓުވުމަށް ސަރުކާރުން މަސައްކަތްކުރާތީ ކަންބޮޑުވެ މިކަމާ ދެކޮޅުހަދާ ބަޔަކު ތިބިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިމަސައްކަތް ހުއްޓަވާނުލައްވާނެކަމަށެވެ.
"މިކަމާ ކަންބޮޑުވާ ބަޔަކު އެބައުޅޭ. އެއީ ޑްރަގުގެ ވިޔަފާރި ރާއްޖޭގައި ކުރާ ފަރާތްތަކާއި، ވަގު ވިޔަފާރިއަށް ދެވިހިފާފައިވާ ފަރާތްތައް. އެމީހުންނަށް ކަމަކުނުދާނެ މިކަމެއް. އެހެން ނަމަވެސް އަޅުގަނޑުމެން އެކަން ހުއްޓައެއް ނުލާނަން"-- ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޑްރަގުގެ ވަބާއިން ރާއްޖެ ސަލާމަތް ކުރުމަށްޓަކައި ސަރުކާރުން އެކުލަވާލާފައިވާ ނޭޝަނަލް ޓާސްކް ފޯހުގެ މަސައްކަތް ކާމިޔާބު ކަމާއެކު ކުރިއަށްދާކަމަށާ، ކުރެވޭ މަސައްކަތުގެ ނަތީޖާ މިއަހަރުގެ މެދެއްހައި ހިސާބުގައި ފެންނާނެކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.