1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މޭރީގެ މަރުގެ މައްސަލާގައި ލަމްހާގެ މައްޗައް 3 ދަޢުވާއެއް ކޮށްފި

maavin lamha
މާވިން އާއި އޭނާގެ ލޯބިވެރިޔާ ލަމްހާ
ސާއި ޢަލީ
956ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި ހައްޔަރުކުރި ދިވެހި ނަރުސް ހަލީމަތު ލަމްހާ އަށް 3 ދަޢުވާއެއް ކޮށް، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހު ލަމްހާ ހައްޔަރު ކޮށްފައިވާއިރު، މި ޖަނަވަރީ މަހުގެ އެއްވަނަ ދުވަހު ލަމްހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

މޭރީގެ މަރުގެ މައްސާލާގައި މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ދައުލަތުންވަނީ މީހަކު މެރުމުގެ ދައުވާކޮށްފައެވެ. އެނގިހުރެ މީހަކު މެރުމުގެ ދައުވާ މާވިންގެ މައްޗަށް ކުރަނީ މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްގެން މަރާލާފައިވާތީއެވެ.

300 × 250

އަދި އުމުރުން 24 އަހަރުގެ ލަމްހާގެ މައްޗަށް ތިން ދައުވާއެއް ކޮށްފައިވާއިރު، އެ ދައުވާތަކަކީ، އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ.

މޭރީގެ މަރުގެ މައްސަލައާ ގުޅިގެން ލަމްހާ ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހުއެވެ. މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު މަރުވި ފިލިޕީންސް އަންހެންމީގެ މަރުގެ މައްސަލަ ފުލުހުން ތަޙުގީގުކުރަން ފެށީ، އެޙާދިސާއާ ގުޅިގެން އަދަޔާ ޚިލާފައި ކަންތައްތަކެއް ފާހަގަކުރެވިގެންނެވެ.

މަންޒަރުދުށް ބައެއް މީހުން ބުނިގޮތުގައި، އޭނާ މަރުވެގެން ހޮސްޕިޓަލަށް ގެނެސްފައިވަނީ އޭނާގެ ފިރިމީހާއެވެ. މި މައްސަލައާ ގުޅިގެން އެންމެ ބޮޑަށް ޝަކުކުރެވެނީވެސް ނަރުސްމީހާގެ ފިރިމީހާއަށެވެ. އޭނާވެސް މަސައްކަތް ކުރަމުންދިޔައީ އައިޖީއެމް ހޮސްޕިޓަލްގައި ނަރުހެއްގެ ގޮތުގައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި