1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ލަންކާގެ މާލީ ހާލަތު ދަށްވެ، ދިވެހި އާއިލާތަށް އެނބުރި ރަށަށް

http___cdn.cnn.com_cnnnext_dam_assets_210421173515-02-sri-lanka-coronavirus-travel
ޢަޒީޒާ އަފީފް
2,871ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

15 ހާހެއްހާ ދިވެހި އާއިލާ ދިރިއުޅެމުން އަންނަ އަވަށްޓެރި ސްރީލަންކާގެ އިޤްތިސާދީ ހާލަތު ދަށަށް ގޮސް ތަކެތީގެ އަގު ބޮޑުވާން ފެށުމުން ލަންކާގައި ދިރިއުޅޭ ބައެއް ދިވެހި އާއިލާތައް އެނބުރި ރަށަށް ބަދަލުވާން ފަށައިފިއެވެ.

ސްރީލަންކާއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް ދަތިކަމަކީ ޑޮލަރު ނުލިބުމުގެ ދަތިކަމެވެ. އޭގެ ސަބަބުން ލަންކާގައި ކާބޯތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ އުޅެވެން ނެތުމުން ބައެއް އާއިލާތަކުން ކުދިންގެ ކިޔެވުން މެދުކަނޑާލުމަށްފަހު އެނބުރި ރާއްޖެ ބަދަލުވެއްޖެއެވެ.

މީގެކުރިން 18 އަހަރުން ދަށުގެ ކުޑަކުދިންނަށް ވިސާ ނުނަގާ ލަންކާގައި މިހާރު ކޮންމެ މީހެއްގެ ވިސާއަށް އަހަރަކު 200 ޑޮލަރު ނަގަން ވަނީ ފަށައިފައެވެ.

300 × 250

ތައުލީމް ހާސިލް ކުރުމަށާއި ބޭސްފަރުވާ ހޯދުމަށް ގިނަ އާއިލާތައް ދިރިއުލެމުން އަންނަ ލަންކާގައި ފާއިތުވި ނޮވެމްބަރު މަހު 17 އިންސައްތައަށް އަދި ޑިސެންބަރު ތެރޭގައި 22 އިންސައްތައަށް ކާބޯތަކެތީގެ އަގު އުފުލިފައިވާ ކަމަށް ސްރީލަންކާގެ ސެންސަން އެންޑް ސްޓެޓިސްޓިކްސް ޑިޕާޓްމަންޓުން ވަނީ ހާމަކޮށްފައެވެ.

މީގެއިތުރުން ކެއުމަށް ބޭނުންކުރާ ހިކިކިރު، ހަނޑޫ، ހަކުރު ފުށް އަދި މުގުފަދަ ތަކެތީގެ އަގު ވަނީ އަތްނޮފޯރާ ވަރަށް މައްޗަށް ޖެހިފައެވެ. އަދި ކައްކާ ގޭސް ލިބުމުގައި ވަރަށް ގިނަ ދަތިތަކާ ކުރިމަތިވާކަމަށް ގިނަ އާއިލާތަކުން ދަނީ ބުނަމުންނެވެ. ކާބޯތަކެތީގެ އިތުރުން ދަތުރުތަކުގެ އަގުވެސް ދަނީ ލަންކާގައި ބޮޑުކުރަމުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ގިނަ ޤައުމުތަކުގެ އިޤްތިސާދަށް ވަނީ ލޮޅުން އަރާފައެވެ. އެގޮތުން އެންމެ ދަތިވާ އެއް ކަމަކީ ފަތުރުވެރިކަން ހުއްޓުމަކަށް އައިސް ޑޮލަރު ނުލިބުމެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި