1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ކުޅިވަރު

ފަރެސްމާތޮޑާ ކައުންސިލް ފުޓްސަލް ޗެލެންޖް: ފައިނަލްގައި މާތޮޑިއަންސްއާ ދެކޮޅަށް ނުުކުންނާނީ އެފްސީ ކަންމަތި

270192541_6724525897621406_3322055078683471793_n
ފައިނަލުގައި މާތޮޑީއަންސް އާއި ދެކޮޅަށް ނުކުންނަ އެފްސީ ކަންމަތި / ފޮޓޯ: ފަރެސްމާތޮޑާ ކައުންސިލް
ޢަޒީޒާ އަފީފް
1,002ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގދ.ފަރެސްމާތޮޑާ ފުޓްސަލް ދަނޑުގައި ކުރިޔަށްދާ ފަރެސްމާތޮޑާ ކައުންސިލް ފުޓްސަލް ޗެލެންޖްގެ މިރޭގެ މެޗުން މޮޅުވެ އެފްސީ ކަންމަތި ފައިނަލުގައި ޖާގަ ހޯދައިފިއެވެ.

މިމުބާރާތުގައި މިރޭ ކުޅުނު ފުރަތަމަ މެޗުން ބެންޑިޓްސް 3-2އިން ބަލިކޮށް އެފްސީ ކަންމަތި ފައިނަލުގައި މާތޮޑިއަންސްއާ ދެކޮޅަށް ނުކުންނާނެއެވެ. މިރޭގެ މެޗުން އެފްސީ ކަންމަތިވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މިރޭގެ މެޗް ވެގެންދިޔައީ ދެޓީމަށްވެސް ވަރަށް މުހިންމު މެޗަކަށެވެ. ސަބަބަކީ މިރޭގެ މެޗުން މޮޅުވާ ޓީމެއް ފައިނަލަށް ދާނެތީއެވެ. އެހެންކަމުން ދެޓީމުންވެސް މަސައްކަތްކުރީ މިމެޗް ކާމިޔާބުކުރާށެވެ.

މިމެޗުން ބެންޑިޓްސްގެ ކުޅުންތެރިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ފައިނަލަށް ނުދެވުނު ކަމުގައިވިޔަސް ޓީމުގެ ކުޅުންތެރިން ދެއްކީ އެކުލުންތެރިކަމުގެ ނަމޫނާއެކެވެ.

300 × 250

މިރޭގެ ދެވަނަ މެޗުގައި ވާދަކުރީ ކްލާސިކް ރޯޔަލްސް އާއި ކުޑަކަންމަތިއެވެ. 6-4 އިން މެޗް ކާމިޔާބްކޮށްފައިވަނީ ކުޑަ ކަންމަތިއެވެ.

މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 06 ޖެނުއަރީ 2022 ވާ ބުރާސްފަތި ދުވަހުގައެވެ.

ފަރެސްމާތޮޑާގެ ޑަބްލިޔު.ޑީ.ސީގެ އެއްބާރުލުމާއެކު ކުރިޔަށް ގެންދެވޭ މިމުބާރާތަކީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު ބޭއްވުނު މުބާރާތެއްކަން އެރަށު ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

 

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި