ފިއުލް ސަޕްލައިޒް މޯލްޑިވްސް(އެފްއެސްއެމް)ގެ ތެޔޮ ބާޖެއް ކަމަށްވާ "މެކުނު" ފަރަށް އެރުމުން އެމް.އެން.ޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ކ.ރަންނާޅި ރިސޯޓު ކައިރީގައި އޮންނަ ރަންނާޅި ފަރަށް ތެޖުބާޖެއް އަރައިފި ކަމަށާއި އެބާޖު ފުންކުރުމުގެ މަސައްކަތުގައި ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އުޅަނދުފަހަރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ދިގުމިނުގައި 24 މީޓަރު ހުންނަ "މެކުނު" ފަރަށް އެރިއިރު އޭގައި ތެޔޮ ހުންނާނެ ކަމަށާއި އެހެންނަމަވެސް ބާޖުގައި ހުރީ ކިހާ އަދަދެއްގެ ތެޔޮ ކަމެއް ސީދާ ބުނަން ނޭގޭ ކަމަށް އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވި ގޮތުގައި ބާޖުން ތެޔޮލީކޖުވި ކަމުގެ މައުލޫމާތެއް އަދި ލިބިފައިނުވެއެވެ.
މީގެ ކުރިންވެސް އެފް.އެސް.އެމްގެ "މެކުނު" ވަނީ ފަރަށް އަރާފައެވެ. މިދިޔަ އަހަރު ޖުލައިމަހު 31 ވަނަ ދުވަހު ށ.ނޫމަރާގެ ހުޅަނގުފަރާތު ފަރަށް މިބާޖު ވަނީ އަރާފައެވެ. އެހެންނަމަވެސް އެފަހަރުވެސް ބާޖުން ތެޔޮލީކުވެފައިނުވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.