1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވަމުންދާތީ ސަމާލުވާން އަންގައިފި

Mother pouring sanitizer on cupped hands of son
ޢަޒީޒާ އަފީފް
837ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގައި ކޮވިޑް-19 އިތުރުވަމުންދާގޮތަށް ހޮޑުލުމާއި ބޭރަށް ހިންގުން ވެސް އިތުރުވާތީ ސަމާލުވުމަށް ޑޮކްޓަރުން އިލްތިމާސް ކުރަން ފަށައިފިއެވެ.

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވީ ރާއްޖޭގައި މިދުވަސްވަރު ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވަމުންދާ ކަމަށާއި އަލާމާތެއް ފެންނަނަމަ ލަސްނުކޮށް ބޭސް ބޭނުންކޮށް ފަރުވާ ހޯދުމަށެވެ. އަދި ވީހާވެސް ގިނައިން ބަލިމީހާއަށް ދިޔާއެއްޗެހި ދީ ހަށިގަނޑުން ފެން މަދުވިޔަނުދިނުމަށް ޑޮކްޓަރު ވަނީ އިލްތިމާސްކޮށްފައެވެ. އަދި މާބަނޑު މީހުންވެސް ހޮޑުލާނަމަ ބޭސް ބޭނުންކުރުމަށް ޑރ.ފައިސަލް ވިދާޅުވިއެވެ.

"ބަނޑުދިޔަނަމަ ކިރާ ޑައިރީ ހުއްޓާލާ. ލޮނުޕެކެޓްބޯނަމަ އެދީ، ނޫންނަމަ އެހެން ދިޔާއެއްޗެހި ދީ. ބަތްޕެންވެސް ރަނގަޅުވާނެ،"

300 × 250

ހޮޑުލުމާއި ބޭރަށް ހިންގުމާ ގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އެޕިޑަމޮލޮޖިސްޓް ޑރ. އަފްޒަލް އިބްރާހިމް ވިދާޅުވީ، ކޮވިޑާ އެއްވަރަށް ބޭރަށް ހިންގުން އިތުރުވާ ކަމަށާއި، ނަމަވެސް އިތުރުވާ މިންވަރު އެނގޭނީ ހުރިހާ ޑޭޓާތައް ލިބުމުން ކަމަށެވެ.

ޑރ.އަފްޒަލް އިތުރަށް ވިދާޅުވަނީ ކޮވިޑް އަދި ބޭރަށް ހިގުމަކީ ވައިރަލް އިންފެކްޝަނެއްގެ ސަބަބުން ފެތުރޭ ބަލިތަކެއް ކަމަށާއި މިދެބަލިންވެސް ރައްކާތެރިވުމަށް އަޅަންޖެހެނީ އެއްކަހަލަ ފިޔަވަޅުތަކެއް ކަމަށެވެ. އަދި މިދެބައްޔަކީވެސް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެއް ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން އަރިދަފުސް ރޯގާއަށްވުރެ މިވަގުތު ގިނައީ ބޭރަށް ހިނގުމާއި ކޮވިޑް ކަމަށް ޑރ އަފްޒަލް ފާހަގަ ކުރެއްވިއެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި