1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ފެންޑާ

ބާވީސް އަހަރުގެ ޒުވާނަކު 8 އަހަރުގެ ކުއްޖެއްގެ ހަށިގަނޑުގައި

271675913_5361338677226585_6519168096958723041_n
ނަޞްރުﷲ އަފީފް
9,259ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޝައުނާ ރޭ އަކީ ތަފާތު ސަބަބަކުތަކާއި ހުރެ ޒުވާނަކަށް ވީނަމަވެސް، ކުޑަކުއްޖެއްގެ ގޮތުގައި ދިރިއުޅެންޖެހިފައިވާ މީހެކެވެ. ޝައުނާ ރޭ އަކީ އުމުރުގެ ގޮތުން 22 އަހަރު ވެފައި ވީނަމަވެސް، 8 އަހަރުގެ ކުޑަކުއްޖެއްގެ ދިރިއުޅުން އުޅެމުން އަންނަ މީހެކެވެ.

ޝައުނާއަށް މިފަދަ ގޮތެއް މެދުވެރި ސަބަބަކީ، އުމުރުން 8 އަހަރުގައި ކުރިމަތިވި ކެންސަރު ބައްޔަށް ފަރުވާ ހޯދުމުގެ ތެރޭގައި، ހަށިގަނޑުން ގްރޯވްތް ހޯމޯން އުފެއްދުން ހުއްޓާލުމުގެ ސަބަބުން ޝައުނާ އުމުރުން 8 އަހަރުގައި ހެދިބޮޑުވުން ހުއްޓިގެން ދިޔުމެވެ. ޝައުނާ ރޭ އެންމެ ފަހުން ފެނިގެންދާ ޓީއެލްސީ ރިއަލިޓީ ސީރީޒް "އައި އޭމް ޝައުނާ ރޭ" އިއްޔެ ޕްރެމިއަރ ކޮށްފައިވާއިރު، ޝައުނާގެ ހެދުން އެޅުމާއި މޭކަޕަށް ބުރަވެ، އޭނާއަކީ ކުޑަކުއްޖެއް ކަމުގައި ދެކިގެން، ބެލުންތެރިންގެ ފަރާތުން ޝައުނާގެ މައިންބަފައިންނަށް ތަފާތު ފާޑުކިޔުންތައް އަމާޒުވެއެވެ.

89812655_492549011387781_5179410535782128170_n

300 × 250

ޝައުނާ އެންމެ ފަހުން އޭނާގެ އިންސްޓަގްރަމްގައި ޕޯސްޓްކޮށްފައިވާ ވީޑިއޯއެއްގައި ބުނާގޮތުން، އޭނާ އޭނަގެ މުޅި މޫނު އެއްކޮށް މޭކަޕް ނުކުރާ ކަމަށެވެ. ރަނގަޅަށް މޭކަޕް ނުކުރަނީ، ގަދަޔަށް މޭކަޕް ކޮށްފިނަމަ، އޭނާއަކީ ކުޑަކުއްޖެއްގެ ގޮތުގައި ދެކިގެން ތަފާތު ފާޑުކިޔުންތައް މަންމަ އަދި ބައްޕަޔަށް އަމާޒުވާކަމުގައެވެ. އަދި މިއީ އޭނާއަށް ފަސޭހަ ކަމަކަށް ނުވުމުގެ އިތުރުން، އެއާއިލާއަށް އޭގެ ސަބަބުން ތަފާތު ގޮންޖެހުންތައް ކުރިމަތިވާކަމުގައެވެ.

a-4

ޝައުނާ ރޭ ގެ ހެދިބޮޑުވުމަށް ކުރިމަތިވި ގޮންޖެހުން ކުރިމަތިވީ ކުޑަކުއްޖެއްގެ ގޮތުގައި ހުއްޓާ، ސިކުނޑީގެ ކެންސަރަށް ތަފާތު ތެރަޕީ އަދި ފަރުވާ ބޭނުންކުރަމުން އަންންނިކޮށެވެ. އުމުރުން 8 އަހަރުގެ ކުއްޖެއްގެ ބަރުދަން ޝައުނާއަށް ލިބިފައިވުމުގެ އިތުރުން، އިސްކޮޅުގައި ހުންނަނީ 3 ފޫޓް 10 އިންޗެވެ. ތަފާތު އެތައް ފަހަރެއްމަތިން، ޝައުނާ ރޭ އަކީ ކުޑަކުއްޖެއްގެ ގޮތުގައި ހީކުރެވިފައި ވެއެވެ. މީގެ އިތުރުންވެސް، ފާޚާނަ ބޭނުންކުރާއިރު، ކުރުކަމުން، މޫނުބަލާ ލޯގަނޑުން މޫނު ބަލައި މޭކަޕްކުރުމަށް، އަބަދުވެސް ގޮނޑިއެއް ވައްދަން ޝައުނާއަށް މަޖުބޫރުވެއެވެ. ޝައުނާގެ މަންމަ ޕެޓީ ބުނެފައިވާގޮތުން، އޭނާ އޭނާގެ އުމުރުގެ ކުދިންނާއި އެއްގޮތަށް ހެދުން އަޅައި މޭކަޕް ކުރުމަށް އަބަދުވެސް ބޭނުން ވެއެވެ.

3

ޝައުނާ މަންމަ އެއްކޮށް ތަފާތު ތަންތަނަށް ދިޔުމުން، ކުޑަކުއްޖެއްގެ ގޮތުގައި ދެކިގެން ގިނަބަޔަކު ވާހަކަދައްކާ ކަމަށާއި، އަދި މާބޮޑަށް މޭކަޕްކޮށްފައި ހުންނަތަން ފެނުމުން، ގިނަބަޔަކު މަންމަޔަށް ފާޑިކިޔާ ކަމަށެވެ. އަދި ހަޤީޤަތް ކިޔާދިނަސް، އެއްވެސް މީހަކު އެކަން ޤަބޫލު ނުކުރާކަމަށާއި، މަންމައަކީ ދޮގު ހަދާ މީހެއްގެ ގޮތުގައި އެހެން މީހުން ދެކޭކަމުގައި ޝައުނާ ބުނެއެވެ.

6-3

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި