1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އޮފިސަރުންނާއި ގައިދީން ޕޮޒިޓިވްވެ، މާފުށި ޖަލު ކުއްލިހާލަތަށް ގެންނަނީ

prison jail DPRS
ސާއި ޢަލީ
921ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ބައެއް އޮފިސަރުންނާއި ގައިދީން ޕޮޒިޓިވްވެ، މާފުށި ޖަލު ކުއްލިހާލަތަށް ގެނައުމަށް ނިންމައިފިއެވެ.

މޯލްޑިވްސް ކަރެންޝަނަލް ސާވިސް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާގޮތުން، ކޮވިޑްގެ އަލާމާތްތައް ހުރި ގައިދީންނާއި އޮފިސަރުންގެ ސާމްޕަލް ނެގި އިރު، އޭގެ ތެރެއިން ހަތް އޮފިސަރުންނާއި ހަތަރު ގައިދީން އިއްޔެ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި ކަމަށެވެ.

އެ ހާލަތާ ގުޅިގެން އެޗްޕީއޭގެ ގައިޑްލައިނާއި ކަރެކްޝަންސްއިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް، މިއަދު ހަވީރު 4:00ން ފެށިގެން މާފުށި ޖަލު ކުއްލި ހާލަތަށް ގެނެވޭނެ ކަމަށް އެ ސާވިސްގެ ނޫސްބަޔާނުގައިވެއެވެ.

300 × 250

މި ހާލަތާ ގުޅިގެން ޖަލުގެ ބައެއް ހިދުމަތްތަކަށް ބަދަލު ގެނައުމަށް ވަނީ ނިންމާފައެވެ. ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި ގައިދީންނާއި ބަންދުގައި ތިބި މީހުންގެ އާއިލީ ބައްދަލުވުމާއި ވަކީލުންނާއި، ބައްދަލު ކުރުމުގެ އިތުރުން ކޯޓުގެ އަޑުހެއުންތައް ގެންދިޔުމަން ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. ނަމަވެސް އެ ހާލަތު އުވާލާނީ ކޮން އިރަކު ކަމެއް ކަރެކްޝަންސްއިން ހާމަނުކުރެއެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވަމުން އަންނާތީ، އެލާޓް ލެވެލް ރީނދުލުން އޮރެންޖަށް ބަދަލުކޮށް، ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް މިހާރު ވަނީ އަޅާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ރޭ އާންމުކުރި މައުލޫމާތުން ދައްކާ ގޮތުގައި މާލެއިން އިއްޔެ 413 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މީގެއިތުރުން އަތޮޅުތެރޭގެ ރަށްރަށުން 249 މީހަކު އަލަށް ޕޮޒިޓިވް ވެފައިވާއިރު، ރިސޯޓުތަކުން ޕޮޒިޓިވްވީ 92 މީހުންނެވެ.

އެ އަދަދުތަކާއެކު، މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 100،451އަށް އަރާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި