1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރާޝިދުގެ ކެމްޕެއިނަށް ނައިބު ރައީސް ފޯކައިދޫގައި

fjhmgfnauaaa-mg-876x657
ނައިބު ރައީސް ފޯކައިދޫގައި. / ފޮޓޯ: އެމްޑީޕީ
ޢަޒީޒާ އަފީފް
755ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައްޔިތުންގެ މަޖުލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރާ އެމްޑީޕީ ކެނޑިޑޭޓްގެ ކެމްޕެއިން ދަތުރުފުޅެއްގައި ނައިބް ރައީސް ފައިސަލް ނަސީމް ފޯކައިދޫއަށް ވަޑައިގެންފިއެވެ.

އެމްޑީޕީ ކެނޑިޑޭޓް މުހައްމަދުގެ ރާޝިދުގެ ކެމްޕޭނަށް ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ބައިވެރިވެ ވަޑައިގެން، ނައިބު ރައީސް ވަނީ ފޯކައިދޫއަށް ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.

މިދަތުރުގައި ވަޑައިގަތް އެންމެ ފުރަތަމަ ރަށަކީ ށ.ފޯކައިދޫއެވެ. މިރަށުން ނައިބު ރައީސަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެމަނިކުފާނާ އެކުގައި އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވެސް ވަޑައިގެންނެވިއެވެ.

300 × 250

ފޯކައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ނަސީމް ވިދާޅުވީ ކުރީގެ ސަރުކާރަށް މެޖޯރިޓީ އޮތުމުން ކަންތައް ވެގެން ދިޔަގޮތް މިދިޔަ 18 ވަނަ ރައްޔިތުންގެ މަޖުލީހުގައި ފެނިގެންދާނެ ކަމަށާއި އެމަންޒަރު 19 ވަނަ މަޖުލީހުން ފެނިގެން ނުދާކަމަށެވެ.

18 ވަނަ ރައްޔިތުންގެ މަޖުލީހުގައި އޭރު ތިއްބެވި އިދިކޮޅު މެންބަރުންނަށް އަނިޔާކޮށް، މަޖިލިހަށް ވެންނެވުމަށް ވެސް ހުރަސްއަޅާފައިވާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި މަޖުލީހުގެ ތެރޭގައި އެމްޑީޕީން ކުރައްވާ ހުރިހާ މަސައްކަތެއް ކުރައްވަނީ ރައްޔިތުންނަށްޓަކައި ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މި ޖަލްސާގައި ނައިބު ރައީސް ވަނީ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ރާޝިދު އިންތިހާބުކޮށް ދެއްވުމަށް އެ ދާއިރާގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. މީގެ އިތުރުން ޖުމްހޫރީ ޕާޓީންވެސް ވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ރާޝިދަށް ތާއީދު ކުރައްވަން ނިންމަވައިފައެވެ.

މިކެމްޕެއިން ދަތުރުފުޅުގައި ނައިބު ރައީސްގެ  ދެވަނަ މަންޒިލަކީ ށ. މަރޮއްޓެވެ. މަރޮއްޓަށް ވަޑައިގެން، އެރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން މިރޭ ކޮމަންޑޫގައި ބާއްވަން ހަމަޖެހިފައިވ ޖަލްސާގައި ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި