ޑައިވިންގއަށް ފޭބި ފަތުރުވެރިޔަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.
މިއަދު މެންދުރު 14:30ގައި އދ.މަންދޫ ކައިރިޔަށް ޑައިވިންގއަށް ފޭބި ފަތުރުވެރިޔަކު ވަނީ ގެއްލިފައެވެ.
އެމްއެންޑީއެފުން ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އދ.މަންދޫ ކައިރީ އޮތް ފަރަކަށް ޑައިވްކުރަން ދިޔަ "ގޮމަ" ދޯނިން ފޭބި ފަތުރުވެރިންގެ ތެރެއިން ފަތުރުވެރިޔަކު ގެއްލިފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިޔާ ކޯސްޓުގާޑު ސްކޮޑްރަންއިން ކުރަމުން ގެންދާ ކަމަށެވެ.
https://twitter.com/MNDF_Official/status/1482342548584960006?s=20
ގެއްލުނު ފަތުރުވެރިޔާއެކީ އެހެން ފަތުރުވެރިންވެސް ޑައިވިންގއަށް ފޭބިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.