މާލޭގެ ގެއެއްގެ މުށި ޖަހަންވެގެން ގޭގެ މައި ދޮރު ނައްޓާލާފަ ހުއްޓާ ވަގަކު އައިސް އެ ދޮރު ވަގަށް ނަގައިގެން ގޮސްފިއެވެ. https://twitter.com/nasra_naseer/status/1482054397844922369 ދޮރު ވަގަށް ނަގައިގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ހިއްސާކޮށް މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެގޭގެ ޓައިލްސް ޖަހަންވެގެން ގޭގެ މައިދޮރު ނައްޓާލާފަ ހުއްޓާ ހުކުރު ދުވަހުގެ ވަގުތެއްގައި މީހަކު ދޮރު ވަގަށް ނަގައިގެން ދިޔަ ކަމަށެވެ.
"ކީކޭ ދެން ބުނާނީ? ވަގަށް ނުގެންދާާނީ ދެން ކޯއްޗެއް? ޓައިލްސް ޖަހަން ވެގެން ގޭގެ މައި ދޮރު ނައްޓާލަފަ ހުއްޓާ ރޯމާ ދުވާލު ވަގަށް އެގެންދިޔައީ ދޮރު ނަސީބެއް މޯޓަރު ނުގެންދިޔަކަން މިއޮއްފަދަ ހުކުރު ދުވަހު." އެމީހާ ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވެއެވެ.
އެމީހާ ހިއްސާކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ވައްކަން ކުރި މީހާ އެންމެ ފުރަތަމަ އެގޭގެ ބޭރުގައި ހުރެ މަގުގެ ދެކޮޅު ރަނގަޅަށް ބަލައި މީހަކު ނެތް ގަޑިއެއް ބެލުމަށްފަހު ގޭތެރެއަށް ވަދެ ދޮރު ހިފައިގެން ދާ މަންޒަރެވެ.







ޚިޔާލު (1)
haahaa kaloagayaa thankolheh boduvareh mee .