ބ.ކުޑަރިކިލި ހެލްތު ސެންޓަރުގައި ބަލިމީހުން ބަލާނެ ޑޮކްޓަރެއް ނެތި، ރައްޔިތުން އިހުތިޖާޖް ކުރުމުން އެރަށު ހެލްތު ސެންޓަރަށް ޑޮކްޓަރަކު ހަމަޖައްސައިފިއެވެ.
ބ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ހެލްތު ސާރވިސް މުހައްމަދު ރަޝީދު ވިދާޅުވީ މާދަމާއިން ފެށިގެން ކުޑަރިކިލި ހެލްތު ސެންޓަރުގައި ޑޮކްޓަރެއްގެ ޚިދުމަތް ލިބިގެންދާނެ ކަމަށާއި ޑޮކްޓަރު މިއަދުގެ ވަގުތެއްގައި ރާއްޖެ އަންނާނެ ކަމަށެވެ.
ރަޝީދު ފާހަނގަކުރެއްވި ގޮތުގައި ޑޮކްޓަރުން ލިބުމުގައި ދަތިތަކެއް ހުރުމުން އެ އަތޮޅު ދަރަވަންދުއާއި ތުޅާދުއަކީ ދެޑޮކްޓަރުން ތިބެންޖެހޭ ރަށެއްނަމަވެސް އެރަށްތަކުގައިވެސް މިވަގުތު ހުރީ އެންމެ ޑޮކްޓަރެކެވެ.
ކުޑަރިކިލީ ސިއްޚީ މަރުކަޒުގައި ޑޮކްޓަރެއް ނެތުމުން އެރަށު ރައްޔިތުން ނުކުމެ ވަނީ މަރުކަޒު ބަންދުކޮށްފައެވެ. އަދި އެކަމާ ނުރުހުން ފާޅުކޮށް ރައްޔިތުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.