1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އެކަނިވެރި މަޔަކު ފްލެޓަށް ބަދަލުވުމަށްޓަކައި އެހީތެރިކަމެއް ފޯރުކޮށްދެމާތޯ

Islamic mother and newborn baby in the hospital.
ޢަޒީޒާ އަފީފް
1,758ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އެކަނިވެރި މައިންގެ ކެޓަގަރީން ހިޔާ ފްލެޓް ލިބުނު އަންހެނަކު ފްލެޓަށް ބަދަލުވުމަށްޓަކައި އާންމުންގެ އެހީއަށް އެދެފިއެވެ.

ފޭސްބުކް ގްރޫޕެއް ކަމަށްވާ "މަމްސް" އިން ކޮށްފައިވާ ޕޯސްޓެއްގައި އެއަންހެންމީހާ އެދިފައިވަނީ އޭނާ ފްލެޓަށް ބަދަލުވުމަށްޓަކައި ބޭނުންވާ ފަރުނީޗަރުފަދަ ތަކެތީގެ އެހީއެއް ވެދިނުމަށެވެ. އެގޮތުން ބޭނުންކޮށްފައި ހުރި ފަރުނީޗަރު ފަދަ ތަކެތި އަންހެންމީހާއަށް ހަދިޔާކޮށްދެއްވުމަށް އެޕޭޖުންވަނީ އެދިފައެވެ.

"މަމްސް" ބުނާގޮތުގައި އެއަންހެންމީހާ އަކީ ތިންދަރިންގެ މަންމައެކެވެ. އެކަނިވެރި މައިންގެ ކެޓަގަރީން ފްލެޓް ލިބުނު ނަމަވެސް ފްލެޓަށް ބަދަލުވެވޭނެ ފަދަ ތަނަވަސް ކަމެއް އެއަންހެންމީހާގެ ނެތެވެ. އަދި މަސައްކަތް ކޮށްގެން ލިބޭ ފައިސާއިން ފްލެޓަށް ބަދަލުވެވޭވަރު ނުވާތީ، އެ އަންހެން މީހާ އެދުނީ، އެ ގްރޫޕްގައި ތިބި މަންމައިންގެ އެހީއަށެވެ.

300 × 250

އެހެންކަމުން އެގްރޫޕުން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

"އަޅުގަނޑު އެދެނީ ތިޔަ މަންމައިންގެ އެހީތެރިކަމަށް. ބޭނުންކޮށްފައިވާ ތަކެތި ވިޔަސް ރަނގަޅުވާނެ. އެހެންކަމުން، ގޮދަޑި، ފަރުނީޗަރު، އަދި ބަދިގޭގައި ގެންގުޅޭ ސާމާނު ކަހަލަ ކޮންމެހެން ބޭނުންވާ ތަކެތި ހޯދުމަށް އަޅުގަނޑަށް އެހީތެރިކަން ފޯރުކޮށްދެއްވާ." "މަމްސް"ގެ ޕޯސްޓުގައި ބުނެފައިވެއެވެ.

މި އަންހެންމީހާއަށް އެހީވުމަށްޓަކައި، މިހާރުވެސް މަމްސް ގްރޫޕްގައި ތިބި އެހެން މެމްބަރުން ވަނީ އެމީހުންނަށް މެސެޖު ކުރަން އެދިފައެވެ. މަމްސް ގްރޫޕަކީ 38،000 މެމްބަރުން ތިބޭ ގްރޫޕެކެވެ. މި ގްރޫޕްގައި ތިބެނީ މުޅިންވެސް މަންމައިންނެވެ.

ހިޔާ މަޝްރޫއުގެ ދަށުން އެޅި ފްލެޓްތަކުގެ ތެރެއިން، އެކަނިވެރި މައިންނާއި ބަފައިންނަށް 423 ފްލެޓް ވަނީ ދީފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި