ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ގޮއްވާލަން ބުނި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނެފައިވަނީ މިދިޔަ ބުދަ ދުވަހު ރައީސް އޮފީހުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި އެމްއެންޑީއެފް ބޭފުޅުންގެ އަރިހުގައި ރައީސް އޮފީސް ގޮއްވާލާނެކަމުގެ އިންޒާރު މީހަކު ދިން ކަމަށެވެ. އަދި އެތެރޭގައި ތިބި ވެރިން ބޭރަށް ނުނިކުތުމަށްވެސް ސިފައިގެން ބޭފުޅުން ކައިރީގައި ބުނެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ރައީސް އޮފީސް ގޮއްވާލާނެކަމުގެ އިންޒާރު ދިން މައްސަލައިގާ 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
ހައްޔަރު ކުރި މީހާގެ ބަންދަށް މިހާރު ހަތް ދުވަސް ޖަހާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
މީގެ ކުރިންވެސް އެކި ފަހަރު މަތިން ތަންތަން ގޮއްވާލެ ކަމަށް އިންޒާރުދީގެން ފުލުހުންވަނީ އެ މައްސަލަތައް ބަލާފައެވެ. ތަންތަން ގޮއްވާލާނެ ކަމުގެ އިންޒާރު އެއްވެސް ޕްލެޓްފޯމެއްގައި ދިނުމަކީ ރާއްޖޭގެ ޓެރަރިޒަމް ޤާނޫނު މަނާ ކުރާ ކަމެކެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.