ގދ ތިނަދޫއިން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އިތުރު 50 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްއިން ނެރުނު އަދާހަމައިން ދައްކާގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އިތުރު 11 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު ބަލިން ފަސޭހަވެފައިވަނީ އެންމެ ފަރާތެކެވެ.

އެއާއެކު ތިނަދޫގެ އެކްޓިވް ކޭސްގެ އަދަދު މިވަނީ 118 އަށް އަރާފައެވެ. ތިނަދޫއިން ޖުމްލަ 1313 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު ބަލިން ފަސޭހަވެފައިވަނީ 1190 މީހެކެވެ.

ތިނަދޫގެ އިތުރުން، މަޑަވެލި، ހޯނޑެއްދޫ، ފިޔޯރީގެ އިތުރުން ގައްދޫއިންވެސް ގިނަ ބަޔަކުވަނީ ފައްސިވެފައެވެ. އެގޮތުން މަޑަވެލިން އިތުރު 8 މީހަކު ކޮވިޑަށް ފައްސިވެ އެރަށުގެ އެކްޓިވް ކޭސްގެ އަދަދު 28 އަށް އަރާފައިވާއިރު، ހޯނޑެއްދޫއިން އިތުރު 6 މީހަކު ފައްސިވެ އެކްޓިވް ކޭސްގެ އަދަދުވަނީ 10 އަށް އަރާފައެވެ.

އޭގެ އިތުރުން ފިޔޯރީއިން އެކަކު ފައްސިވެ އެރަށުގެ އެކްޓިވް ކޭސްވަނީ 2 އަށް އަރާފައެވެ. ތިނަދޫގެ އިތުރުން އެންމެ ގިނަ ބަޔަކު މިއަދު ފައްސިވެފައިވަނީ ގައްދޫއިންނެވެ. އެގޮތުން އެރަށުން މިއަދުވަނީ 17 މީހަކު ފައްސިވެ އެކްޓިވް ކޭސްގެ އަދަދު 41 އަށް އަރާފައެވެ.