1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ފެންޑާ

ކައިވެނި ކުރަން އުޅުނު ފިރިހެން މީހާއަށް "2ގެ ޓައިމްސް" ނޭނގިގެން އަންހެނަކު ކައިވެނި ކެންސަލް ކޮށްފި

sss
ނަޞްރުﷲ އަފީފް
5,107ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކައިވެންޏަކީ، ދެމީހެއްގެ ގުޅުމުގެ މައްޗަށް މުޅި ދިރިއުޅުން ބަރޯސާވާ ގުޅުމަކަށް ވުމާއިއެކު، ހިސާބުގެ އިލްމު އަސާސީ ފެންވަރަށް ނުދަންނަ މީހަކާއި ކައިވެނިކޮށް، ދިރިއުޅެން ބޭނުން ނޫންކަމަށް ބުނެ އަންހެނަކު، ކައިވެނި ހަފްލާގައި ކައިވެނި ކެންސަލް ކޮށްފިއެވެ.

ވަރަށްވެސް އުންމީދު ނުކުރާކަހަލަ ގޮތަކަށް، އިންޑިޔާގެ ޒުވާން ފިރިހެނަކަށް އޭނާގެ ތަޢުލީމީ ފެންވަރު ބެލުމުގެ އިމްތިހާނެއް ކުރިމަތިވިއެވެ. ހީވެސް ނުކުރާހާ ގޮތަކަށް އޭނާގެ ތަޢުލީމީ ފެންވަރު ދެނެގަތުމަށް ސުވާލުތަކެއް ކުރިމަތި ކުރުވީ، އަމިއްލަ ކާވެނި ހަފްލާގައި ކައިވެނި ކުރަން އުޅުނު އަންހެން ކުއްޖާއެވެ. އެ އަންހެން ކުއްޖާ އޭނާގެ ކައިރިން ކައިވެނި ކުރުމުގެ ކުރިން "2 ޓައިމްސް" ނުވަތަ 2ގެ ނަވަތަ ކިޔައިދިނުމަށް އެދުނެވެ. ނަމަވެސް، 2ގެ ނަވަތަ ފިރިހެންމީހާ ދަސްކޮށްފައި ނުވުމުގެ އިތުރުން އޭނާއަކީ ލިޔަން ކިޔަން ނުދަންނަ މީހަކަށް ވުމުން، ހިސާބުގެ އިލްމު އަސާސީ ފެންވަރަށް ނުދަންނަ މީހަކާއި ކައިވެނިކޮށް، ދިރިއުޅެން ބޭނުން ނޫންކަމަށް ބުނެ އަންހެން ކުއްޖާ، ކައިވެނި ހަފްލާގައި ކައިވެނި ކެންސަލް ކޮށް ކައިވެނި ހަފްލާ ދޫކޮށް ދެއެވެ.

ff

300 × 250

މިފަދަ ގޮތަކަށް ކަންތައް ވެގެން ދިޔުމުން މިއިން އެނގިގެންދަނީ، ކައިވެނި ކުރަން އުޅުނު ދެމީހުން އެކަކު އަނެކަކަށް ނޭނގޭކަމާއި، މިއީ ދެއާއިލާ ބޭނުންވެގެން ކުރާ ކައިވެންޏެއްކަން  އަދި  މިއީ  ލޯބިވެގެން  ކުރާ  ކައިވެންޏެއް ނޫން ކަމެވެ. ދެފަރާތުގެ އާއިލާ އަދި އަވަށުގެ ގިނަ އަދަދެއްގެ މީހުން ކައިވެނި ހަފްލާއަށް ގިނައަދަދެއްގެ ބަޔަކު ހާޒިރުވެފައި ތިބިއިރު، ކައިވެނީގެ ރަސްމިއްޔާތު ފެށެން ކުޑައިރުކޮޅަކަށް ވެފައި ވަނިކޮށް، ވާން އުޅޭ ފިރިމީހާއަށް "2ގެ ޓައިމްސް" ނުވަތަ 2ގެ ނަވަތަ ނޭނގިގެން އަންހެންކުއްޖާ ވަނީ ކައިވެނި ހަފްލާ ދޫކޮށް ގޮސްފައެވެ. ރައްޓެހިންނާއި އާއިލާގެ ފަރާތުން އަންހެން ކުއްޖާއަށް ވިސްނުވައިދޭން ތަފާތު މަސައްކަތް ކުރި ނަމަވެސް އަންހެން ކުއްޖާ ހުއްޓުވޭގޮތެއް ވަނީ ނުވިއެވެ.

އަންހެން ކުއްޖާގެ އާއިލީ މެމްބަރަކު ބުނެފައިވާގޮތުގައި، ފިރިހެން ކުއްޖާއަކީ އަސާސީ ތަޢުލީމު ނުދައްނަ މީހެއްކަން އެނގުމުން ވަރަށްބޮޑު ހައިރާންކަމެއް ލިބުނު ކަމަށެވެ. ފިރިހެން ކުއްޖާގެ ތަޢުލީމީ ފެންވަރު އެއާއިލާގެ ފަރާތުން ސިއްރުކޮށްފައިވާ ކަމަށް އަންހެންކުއްޖާގެ އާއިލާއިން ތުހުމަތު ކުރެއެވެ. އަދި ލަފާކުރެވޭގޮތުން ފިރިހެން ކުއްޖާ ރަސްމީ ތަޢުލީމު ހޯދުމަށް އެއްވެސް ސްކޫލަކަށް ގޮސްފައި ނުވެއެވެ. ފިރިހެން ކުއްޖާ ނުކިޔަވާ ހުރިކަން ނާންގައި އެއާލާއިން ވަނީ އެކަން ސިއްރުކުރުމަށް މަސައްކަތް ކޮށްފައެވެ. އަންހެން ކުއްޖާގެ ބޭބެއެއް ބުނިގޮތުގައި، ފިރިހެން ކުއްޖާގެ ހަޤީޤަތް އެނގިގެން ދިޔައީ، އޭނާގެ ކޮއްކޮ، ބިރު ފަހަނައަޅައި، ކެރިގެން ހިޔްވަރާއެކު އެކަމާއި ކުރިމަތިލައި، އަމިއްލަ ދިރިއުޅުން ހަލާކުކޮށްލަން ފުރުޞަތު ނުދިނުމުންނެވެ.

މިމައްސަލަ ފުލުހުންނަށް ހުށަހެޅުނު ނަމަވެސް، މިއީ ދެއާއިލާއެއްގެ ދެމެދުގައި އެއްބަސްވެގެން ކުރިޔަށްގެންދެވުނު ކަމަކަށްވާތީ، މިކަމުގެ ތެރެޔަށް ވަނުމަށް ފުލުހުން ބޭނުން ނުވެއެވެ. އެހެން ނަމަވެސް ކައިވެނީގެ ހަދިޔާގެ ގޮތުގައި ދެފަރާތުގެ އާއިލާއިން ބަދަލުކޮށްފައިވާ ތަފާތު ހަދިޔާތަށް އަބުރާ ދިނުމަށް ފުލުހުން ބުނެފައި ވެއެވެ.

sss

މިކައިވެނީގެ ވާހަކަ ސޯޝަލް މީޑިޔާގައި ދައުރުވެފައިވާއިރު، ތަފާތު ގިނަފަރާތްތައް އަންނަނީ ކޮމެންޓްކޮށް އެކަމުގައި އެމީހުންގެ ވިސްނުން ހިއްސާކުރަމުންނެވެ. ބައެއް މީހުންގެ ވިސްނުމުގައި، އަންހެން ކުއްޖާއަކީ، ތައުލީމީ ކުއްޖެއްކަން ދޭހަވާ ކަމަށާއި، އެމީހަކު ގޮވައިގެން ދިރިއުޅުމެއް ކަޑައްތު ކުރެވޭނެ ފެންވަރެއްގެ މީހެއްކަން ކަނޑައަޅާނީ އެމީހަކު އަމިއްލަޔަށް ކަމުގައި ބުނެފައިވެއެވެ.  ބައެއް މީހުން ކޮމެންޓް ކޮށްފައިވާ ގޮތުގައި، ތަޢުލީމަށްވުރެ މުހިންމީ، ރަނގަޅު އަޚްލާޤެއް ވެރިޔަކަށް ވުމާއި، މަސައްކަތް ދަންނަ މީހަކަށް ވެފައި، ހަރުދަނާ މީހަކަށް އެމީހާ ވުމެވެ. މިސިފަތަކަކީ، ތަފާތު މަތީ ފެންވަރުގެ ފާސްތައް ނަގައިގެން އަންނަ މީހުންގެ ކިބައިން މަދުން ނޫނީ ނުފެންނަ ސިފަތައް ކަމަށެވެ. ނަވަތަ ނޭނގުމަކީ އޭނައަކީ ދިރިއުޅުމުގައި ފެއިލް މީހަކަށް ވާންޖެހޭ ސަބަބެއް ނޫން ކަމަށެވެ. ބައެއް މީހުން ކޮމެންޓް ކޮށްފައިވާގޮތުގައި، މަތީ ފަންތީގެ ތަޢުލީމީ ފުންނާބު އުސް މީހުންނާއި، އިނުމަކީ ދިރިއުޅުން އުފާވެރިވާ ސަބަބެއް ނޫން ކަމަށެވެ.

300 × 250

ޚިޔާލު (2)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ހޭބަލި

    ތާކުން ތާކު ނުޖެހޭ ޚަބަރު ނުލިޔެބަލަ.

  • Kamana

    Beykaar habareh

ގުޅުންހުރި