1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކުޑަކުދިންނަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ "މިސްކް" އަނެއްކާވެސް ފެތުރެން ފަށައިފި

86393
ޢަޒީޒާ އަފީފް
3,128ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކޮވިޑް ޖެހުމުގެ ސަބަބުން ކުޑަކުދިންނަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ "މިސްކް"ގެ ކޭސްތަކެއް އަނެއްކާވެސް ރާއްޖެއިން ފެންނަމުންދާކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު އަޙްމަދް ފައިސަލް ވިދާޅުވެއްޖެއެވެ.

މަލްޓި ސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމްއިން ޗިލްޑްރެން (މިސްކް)ގެ ސަބަބުން ހަށިގަނޑުގެ އެކި ގުނަވަންތައް ދުޅަވެ ފުރާނައަށް ނުރައްކާވާ ހިސާބަށްވެސް ދެއެވެ.

ޑރ.ފައިސަލް ވިދާޅުވީ ދާދި ފަހުން އަތޮޅުތެރެއިން ގެނައި ކުޑަކުއްޖަކު މިދިޔަ ޑިސެމްބަރ މަހު ކޮވިޑް ޖެހިފައިވާ ކަމަށާއި މީގެ 4 ދުވަސް ކުރިން އެކުއްޖާއަށް ހުންއައިސް ހޮޑުލެވި ބަނޑުދިޔާވުންފަދަ ކަންކަން ކުރިމަތިވިކަމަށެވެ. މިހާރު އެކުއްޖާގެ ލޭގެ ޕްރެޝަރ ދައްވުމުގެ މައްސަލަ ކުރިމަތިވެފައިވާކަމަށް ޑރ.ފައިސަލް ވަނީ ވިދާޅުވެފައެވެ.

300 × 250

މީގެއިތުރުން އިތުރު 3 ކުއްޖަކު މިބަލީގެ އަލާމާތް ފެންނަމުންދާތީ މިވަގުތުވެސް ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދާކަމަށް ޑރ.ފައިސަލް ފާހަގަކުރެއްވިއެވެ.

މިބަލީގައި ބޮޑުވަރުވެ ފުރާނަޔަށް ނުރައްކާވާ ހިސާބަށްދާ ކުދިންގެ ސިކުނޑިއާއި ކިޑްނީއާއި ލޮލާއި ހިތް ފަދަ ގުނަވަންތައް މިބަލީގެ ސަބަބުން ދުޅަވެ، ނުރައްކާތެރި ޙާލަތަށް ކުއްޖާ ދާކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ. އަދި ގަދަޔަށް ބަނޑުގައި ރިއްސުމާއި ލޭގެ ޕްރެޝަރ ދައްވުންފަދަ ކަންތައްތަކުގެ އިތުރުން ކިޑްނީއާއި ސިކުނޑިއަށްވެސް މިބަލީގެ ސަބަބުން އަސަރުކުރެއެވެ.

އެގޮތުން ގަދަޔަށް ކަރުގައި ރިއްސުމާއި، އުކުޅުވަޅަށް ތަދުވުމާއި، ބޭރަށް ހިންގުންފަދަ ޢަލާމާތްތައް ބަލީގެ ކުރީކޮޅު ފެންނަންފަށައެވެ. އޭގެ އިތުރުން 39-40 ޑިގްރީއަށް ހުން ގަދަވުންވެސް މީގެ ތެރޭގައި ހިމެނެއެވެ.

"މިސްކް" ޖެހުމުގެ އިތުރު ޢަލާމާތްތަކުގެ ތެރޭގައި އަތާއިފައި އަދި ހަށިގަނޑުގެ އެކި ތަންތަން ރަތްވުން، އަދި އަތާފައި ދުޅަވުމާއި ހަންފޮޅުން ހިމެނެއެވެ. އަދި އެކި ވައްތަރުގެ ބިހިތައް ނެގުމާއި ލޯ ރަތްވުން އަދި ދުލާއި ތުންފަތާއި ކަރު ރަތްވުން ފަދަ އަލާމާތްތައް ހިމެނެއެވެ. މިބަލި އާންމުކޮށް ޖެހެނީ 3 އަހަރާއި 10 އަހަރާ ދެމެދުގެ ކުޑަކުދިންނަށެވެ.
އެހެންކަމުން ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކައިގެން ފަރުވާ ހޯދުމަށް ފައިސަލް ވަނީ އިލްތިމާސްކޮށްފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި