1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ވައްކަމާއި ކޮރަޕްޝަން ހިންގަނީ މަޖިލިސް މެންބަރުން އަޑީގައި ތިބެގެން: ސައުދު

Saudulla Ahmed
ޓްރޭޑް ޔޫނިއަންގެ ނައިބް ރައީސް ސައުދުﷲ އަހުމަދު
ޢަޒީޒާ އަފީފް
782ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގައި ވައްކަމާއި، ކޮރަޕްޝަން ހިންގަނީ މަޖިލިސް މެންބަރުން އަޑީގައި ތިބެގެންކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ނާއިބު ރައީސް ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

ރޭ ދައުލަތުގެ މީޑިޔާއިން ގެނެސްދިން ކޮމަންޑޫ ދާއިރާގެ ބަހުސްގައި ކޮރަޕްޝަން ހުއްޓުވުމުގެ ސިޔާސަތާއި ގުޅޭ ގޮތުން މެންބަރުން ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވަމުން ސައުދު ވިދާޅުވީ މަޖިލިސް މެންބަރުން އަޑީގައި ތިބެގެން ކޮރަޕްޝަން ހިންގާ ކަމަށެވެ. ސައުދު ވިދާޅުވި ގޮތުގައި މިއީ ޒަމާނުއްސުރެ ރާއްޖޭގައި ކަންހިގަމުން އަންނަ ގޮތެވެ. ބޮޑެތި މީހުން އަޑީގައި ތިބެގެން ކޮރަޕްޝަން ހިންގުމަކީ ރާއްޖޭގެ ސިޔާސަތެއް ކަމަށެވެ. އަދި ރާއްޖޭގައި ހިންގާ ކުންފުނި ތަކުގެ ބޯޑު މެންބަރުން އެއްބައިވެގެން ވެސް ކޮރަޕްޝަން ހިންގާ ކަމަށް ސައުދު ވަނީ ތުހުމަތުކޮށްފައެވެ.

ރޭ ބޭއްވުނު ބަހުސްގައި ވާހަކަފުޅު ދައްކަވަމުން އިދިކޮޅު ކެނޑިޑޭޓް މޫސާ ފަތުހީ ވިދާޅުވެފައިވަނީ ކޮރަޕްޝަންގެ ވާހަކަ ދައްކަވާއިރު ރާއްޖޭގައި އެންޓީ ކޮރަޕްޝަން ކޮމިޝަނެއް ނެތް ކަމަށެވެ.

300 × 250

https://twitter.com/saudullaahmed1/status/1486245272896552963?s=20

މި ބަހުސްގައި އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ރާޝިދު ވިދާޅުވީ، މިދިޔަ ސަރުކާރުގައި ކޮރަޕްޝަންގެ ބޮޑެތި ޢަމަލުތައް ހިންގިއިރު ޕީޕީއެމް ވެރިން ތިއްބެވީ އަޅާނުލައްވާ ފިނި ކޮޓަރިތަކުގައިކަމަށެވެ. އަދި އޭނައަށް އެދާއިރާގެ ގޮނޑި ކާމިޔާބުކުރެވިއްޖެނަމަ ކޮރަޕްޝަން ނައްތާލާނެ ކަމާއި އެކަން ނުވެއްޖެނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މުހައްމަދު ރާޝިދު ވަނީ ވިދާޅުވެފައެވެ.

ރާޝިދު ވިދާޅުވީ މިސަރުކާރަކީ ކޮރަޕްޝަން ނައްތާލަން މަސައްކަތް ކުރާ ސަރުކާރެއް ކަމަށާއި އަބަދުވެސް ސަރުކާރާއި ގުޅިގެން ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވާނެ ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި