ރާއްޖެ އައިސް އުޅުނު ފަތުރުވެރިޔަކު އެއަރޕޯޓުގައި ހުއްޓާ ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފަތުރުވެރިޔާ ނިޔާވެފައިވަނީ އެއަރޕޯޓުގެ ސްމޯކިންގ އޭރިއާގައި ހުއްޓާ ސްޓްރޯކެއް ޖެހިގެންނެވެ. އެމީހާ އެތަނުގައި ހުއްޓާ ވެއްޓުމުން ފުރަތަމަ ގެންދިޔައީ އެއަރޕޯޓު ކްލިނިކަށް ކަމަށާއި، އޭގެ ފަހުގައި ޓްރީޓޮޮޕް އަށް ގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަރުވެފައިވަނީ ޗުއްޓީ ހޭދަކުރަން ދާން އޮތް ރިސޯޓަށް ދިއުމަށް އެއަރޕޯޓުގައި ހުއްޓައެވެ.