ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ހިނގާފައިވާ އަލިފާނުގެ ހާދިސާތަކާއި ގުޅިގެން އޭރު ތިބި އެތަނުގެ ވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުން ފަށައިފި އެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓާ ކުދިންގެ ހިޔާގައި ހިންގަމުންދަނީ، ކުޑަކުދިން ބޭތިއްބުމަށް އެންމެ އެކަށީގެންވާ ތަނެއްގެ ގޮތުގައި ނޫން ކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން މިދިޔަ އަހަރުގެ މެއި މަހުގެ ހަތަރު ވަނަ ދުވަހު ވަނީ ކުޑަކުދިންގެ ހިޔާއަށް އަންގާފަ އެވެ. އަދި އެތަނުގައި ތިބޭ ކުދިންގެ ދިރިހުރުމުގެ ހައްގަށް އުނިކަން އަންނަ ގޮތަށް އެތަނުގެ އަމަލުތައް ހުރި ކަމަށް ވެސް ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ބުނެފައިވެ އެވެ.
އެހެންކަމުން އަލިފާނުގެ ހާދިސާތަކާއި ގުޅިގެން، ކުޑަކުދިންގެ ހިޔާގެ މަސްއޫލު މަގާމުތަކުގައި ތިބި މުވައްޒަފުން ޖަވާބުދާރީ ކުރުވޭނެހެން ޖިނާޢީ ތަހުގީގެއް ހިންގައިދިނުމަށް، ދިވެހި ފުލުހުންގެ ޚިދުމަތުގައި އެ އޮފީހުން އެދުނީ މިމަހުގެ 17 ވަނަ ދުވަހު އެވެ. މިކަމާ ގުޅިގެން ފުލުހުން ބުނީ އަލިފާނުގެ ހާދިސާތަކާ ގުޅިގެން ކުޑަކުދިންގެ ހިޔާގެ ވެރިންނާމެދު ޖިނާއީ ތަހުގީގެއް ހިންގުމަށް ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން އެދިފައިވާތީ އެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށެވެ. ނަމަވެސް ޖިނާއީ ތަހުގީގު ހިންގަނީ ކޮންބަޔަކަށް ކަމެއް ފުލުހުން ނުބުނެ އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.