ހުޅުމާލޭ ފޭސް 2ގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ ހުޅުމާލެ ފޭސް 2ގެ ހިޔާ ފްލެޓް 13 އަދި 14 ޓަވަރާއި ދެމެދު ޖަމާކޮށްފައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެފައިވާ ކަމުގެ ރިޕޯޓް މިއަދު މެންދުރު 14:15 ގައި ލިބިފައިވާ ކަމަށާއި އެމްއެންޑީއެފުން އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެސަރަހައްދަކީ ދޭތެރެ ދޭތެރެއިން އެ ސަރަހައްދަށް އެއްކޮށްފައި ހުންނަ ކުނިތަކުގައި ރޯވެ އަލިފާނުގެ ހާދިސާތައް ހިނގާ ސަރަހައްދެއް ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.
ހަނާ ވިދާޅުވި ގޮތުގައި މިއަދު 15:00ގައި އަލިފާން ވަނީ ނިއްވާލެވިފައެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.