އިދިކޮޅުން ހިންގަމުންދާ އިންޑިޔާ އައުޓް ކެމްޕެއިންގައި ޝަހީދު ހުސައިން އާދަމްގެ ފޮޓޯއެއް ބޭނުންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.
މީސްމީޑިޔާގައި ދައުރުވަމުންދާ ފޮޓޯތަކާއި ގުޅިގެން އާތިފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިދިކޮޅުން ތިޔަކުޅެވެނީ ކުޅުދުއްފުށީގެ ލެޔާ ކަމަށެވެ.
އެފޮޓޯއިން ފެންނަ ގޮތުގައި ޕީޕީއެމް/ޕީއެންސީން ހިންގާ އިންޑިޔާ އައުޓް ކެމްޕެއިން ހަރަކާތެއްގެ ދަށުން ޕޯސްޓަރެއް ބޭނުންކުރަމުންދިޔައިރު އެޕޯސްޓަރުގައި ޝަހީދު ހުސައިން އާދަމްގެ ފޮޓޯއެއް ވަނީ ބޭނުންކޮށްފައެވެ.
މިމައްސަލައާއި ގުޅިގެން މޭޔަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނި ދިވެހި ފަސްގަނޑުގައި ޝަހީދު ހުސައިން އާދަމްގެ ލޭގެ ކޯރު ދެމިގެންދިޔައީ ރާއްޖެއާއި ކުޅުދުއްފުށްޓަށް އަދި ދިވެހިންނަށްވެސް ފަޚުރުވެރި، ޝަރަފުވެރި ރީތި ނަމެއް ހޯދައިދީފައި ކަމަށެވެ.
"ދިވެހި ފަސްގަނޑުގައި އޭނާގެ ލޭގެ ކޯރު ދެމިގެން ދިޔައީ ފަޚުރުވެރި އަދި ޝަރަފުވެރި ރީތި ނަމެއް ދިވެހިންނަށާއި މި ކުޅުދުއްފުށީގެ ރައްޔިތުންނަށް ހޯއްދަވައި ދެއްވުމަށް ފަހުގައި". ޝަހީދު ހުސައިންއަށް ނިސްބަތް ކުރައްވާ މޭޔަރ ވިދާޅުވިއެވެ.
އެހެންކަމުން މިއަދު ވަކި ގައުމަކާ ދެކޮޅު ހާރިޖީ ސިޔާސަތެއް ގެންގުޅުއްވާ ސިޔާސީ ޕާޓީއަކުން އެކަން ޕްރޮމޯޓް ކުރުމަށް ޝަހީދު ހުސެއިން އާދަމްގެ ފޮޓޯފުޅު ބޭނުންކުރުމަކީ ކުޅުދުއްފުށީ ދަރިއެއްގެ ހައިސިއްޔަތުން އޭނައަށް ބަލައިގަނެވޭނެ ކަންތައްތަކެއް ނޫންކަމަށެވެ. އަދި މިހާރުން މިހާރަށް އެކަން ހުއްޓާލުމަށް މޭޔަރ ވަނީ ގޮވާލާފައެވެ.
ކުޅުދުއްފުށީ ސިޓީ މޭޔަރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު ޔާސިރު އަބްދުލް ލަތީފްގެ އިތުރުން އެމްޑީޕީގެ ގިނަ މެންބަރުން ދަނީ މިކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވަމުންނެވެ.
ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގު މުހައްމަދު ވިދާޅުވީ ރާއްޖޭގައި ހިންގާ ސިޔާސީ ހަރަކާތްތަކުގައި ޝަހީދު ހުސެއިން އާދަމްގެ ފޮޓޯތަކާއި ނަން ބޭނުން ކުރުމަކީ ދެރަ ކަމެއް ކަމަށެވެ.
ޚިޔާލު (1)
ބަލަށް ނުތިބެ ގޮސް ޕޯސްޓަރު ވީދާލަބަލަ! ބޮޑުވަގު އައުޓު