ގދ ތިނަދޫއިން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 91 މީހަކު ބަލިން ފަސޭހަވެ އެކްޓިވް ކޭސްގެ އަދަދު 234 އަށް ތިރިވެެއްޖެއެވެ.
ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ނެރެފައިވާ އަދާހަމައިން ދައްކާގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އިތުރު 31 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު ބަލިން ފަސޭހަވެފައިވަނީ 98 މީހެކެވެ.
އެއާއެކު ތިނަދޫގައި މިވަގުތު ކޮވިޑް ބަލިމީހުންގެ ގޮތުގައި ތިއްބެވީ 234 މީހެކެވެ. ތިނަދޫއިން މިއަދު ފައްސިވި މީހުންގެ ތެރޭގައި ކޮންޓެކްޓް ޓްރޭސިންގެ ގޮތުގައި ފާހަގަ ކުރެވިފައިވާ 14 މީހަކާއި، ފްލޫކްލިނިކަށް ދެއްކި 12 މީހެއްގެ އިތުރުން އެކްސިޓް ސާމްޕަލްގެ ގޮތުގައި 4 މީހަކު ވަނީ ފައްސިވެފައެވެ.
ތިނަދޫއިން މިހާތަނަށް ޖުމްލަ 1880 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ބަލިން ފަސޭހަވެފައިވަނީ ޖުމްލަ 1641 މީހެކެވެ. ކޮވިޑް ބަލީގައި އެޑްމިޓްކޮށްގެން ތިނަދޫގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް 5 މީހަކު ވަނީ ނިޔާވެފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.