ދިވެހިރާއްޖޭގެ އިންތިޚާބުތަކާ ގުޅޭ ގާނޫނުތަކާ ޚިލާފު ކެމްޕެއިން ކުރުމުގެ އެއްވެސް އަމަލެއް ނުހިންގުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިލްތިމާސްކޮށްފިއެވެ. އިލެކްޝަން ކޮމިޝަނުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދު ކުރިއަށްދާ ބައި އިލެކްޝަންސްގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުންވެސް އިންތިޚާބުތަކާގުަޅޭ ޤާނޫނުތަކާ ޚިލާފު ކެމްޕޭން ކުރުމުގެ އެއްވެސް ޢަމަލެއް މަނާގަޑީގައި ނުހިންގުމަށް އެކޮމިޝަނުން އިލްތިމާސް ކުރާކަމަށެވެ. އިސީއިން މިހެން ވިދާޅުވީ، މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުމުގެ ކަންތައް ކުރިއަށްދާއިރު ބައެއް ސިޔާސީ ޕާޓީތަކުން އިންތިހާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އަޑުފެތުރެމުންދާތީއެވެ. އެގޮތުން އެމްޑީޕީއިން އިންތިހާބަށް ނުފޫޒު ފޯރުވާ ކަމަށްބުނެ، އިދިކޮޅު ފަރާތްތަކުން މިއަދުވަނީ ވޯޓު ފޮށިތައް ބަހައްޓާފައިވާ ބައެއް ސަރަހައްދުތަކުގައި ހަމަނުޖެހުން ހިންގާފައެވެ. އަދި އިންތިހާބަށް ނުފޫޒު ފޯރުވާކަމަށް ބުނެ މައްސަލަތަކެއްވެސް ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ.