ސްރީލަންކާއިން މިއަދު ގެއްލިގެން ހޯދަމުންދިޔަ 22 އަހަރުގެ ދިވެހި ޒުވާނާ މަރާލާފައި އޮއްވާ ފެނިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސްރީލަންކާއިން ގެއްލިގެން ހޯދަމުންދިޔައީ އަފްހާމް ނަސީމް ކިޔާ ދިވެހި ކުއްޖެކެވެ. ނަމަވެސް އޭނާ އޮތީ މަރުވެފައި އޮއްވާ ފެނިފައިވަނީ، ވެލެހައްޓާ ބީޗުސަރަހައްދުގެ ރެއިލްވޭ ދަނގަޑުތައް ކައިރީގައި އޮއްވައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭނާ ފެނުނު އިރު އޮތީ މަރާލާފައި ކަމެއް ނުވަތަ އަމިއްލައަށް މަރުވެފައި ކަމަށް ޔަގީނެއް ނުވެއެވެ.
މިހާރު ސްރީލަންކާގެ ފުލުހުންގެ އިންޓެލިޖެންސްއިން ވަނީ އަފްހާމްގެ އެންމެ ގާތް އެކުވެރިޔާއަށް ފޮޓޯ ދައްކައި އޭނާގެ އައިޑެންޓިޓީ ކަށަވަރުކޮށްފައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ލަންކާގެ ފުލުހުން މިއަދު ވަނީ ވެލެހައްޓާ ބީޗު ސަރަހައްދުން މަރުވެފައިވާ ދެ ފިރިހެނެއްގެ ހަށިގަނޑު ހޯދައިފައެވެ.
އަފްހާމްގެ ރަހްމަތްތެރިން މައުލޫމާތު ދިންގޮތުގައި އޭނާ ރޭ ހުރީ ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހިފައި ކަމަށާއި، ރަހްމަތްތެރިންނާއި ރޭ ދަންވަރު 1 ޖަހާ އެހާކަންހާއިރު ވާހަކަ ދައްކާފައިވާ ކަމަށެވެ.







ޚިޔާލު (1)
ސުރުހީގައި މަރާލާފައި، ހަބަރުގެ މެދުތެރެއިން މަރާލާފައިވާ ކަމެއް މަރުވީކަމެއް ނޭނގޭކަމަށް. ވެލަހައްޓާއަކީ ލަންކާގެ އެއްވެސް ސަރަހައްދެން ނޫން... މައުލޫމާތު ހޯދުންވެސް އޮވޭ، ވެއްލަވައްތަ ކިޔާ ސަރަހައްދެއް އޮވޭ... ތަންކޮޅެއް ރަނގަޅުކޮށްލަބަ ޝިނާން