1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ދެތިން ހަތަރު ދޫނި މަރައިގެން ކަންބޮޑުވާ ވަރުނުވޭ: އިބްރާހިމް ޝަރީފް

large_156482384924cP4s
ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އިބްރާޙިމް ޝަރީފް- ފޮޓޯ: މަޖިލިސް
ޢަޒީޒާ އަފީފް
1,096ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދޫނީގެ ސަބަބުން ފެތުރޭ ގިނަ ބަލިތަކަކީ އިންސާނިއްޔަތަށް ހުރި ނުރައްކަލެއް ކަމަށާއި ދެތިން ހަތަރު ދޫނި މަރާލައިގެން ކަންބޮޑުވާންޖެހޭ ވަރެއް ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ދުނިޔެއިން ނެތި ދިޔުމުގެ ބިރުހީވެފައިވާ ދޫނިތައް މަރާލުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންގޮސްފައިވަނީ ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލް އަގްވާމީ ވިޔަފާރި ކުރުމުގެ ބިލުގެ އިބްތިދާއީ ބަހުސެވެ.

މިބިލަށް ބަހުސްކުރައްވަމުން ގިނަ މެންބަރުންވަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް ކެލާ ދާއިރާގެ މެންބަރު ވިދާޅުވީ އެއީ އެއްވެސް ގޮތަކަށް ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށެވެ.

300 × 250

ފިޝަރީޒް މިނިސްޓްރީން ގިނަ އަދަދެއްގެ ދޫނިތައް މަރާލުމާއި ގުޅިގެން އިބްރާހިމް ޝަރީފް ވިދާޅުވީ ދެތިން ހަތަރު ދޫނި މަރައިގެން ކަންބޮޑުވާ ވަރު ނުވާ ކަމަށާއި އެފަދަ ދޫނިތަކުގެ ސަބަބުން ގިނަ ބަލިތައް ފެތުރެން މެދުވެރިވާ ކަމަށެވެ. އެގޮތުން ދޫނީގެ ސަބަބުން ފެތުރޭ، އެޗްވަންއެންވަން އާއި ބާޑްފްލޫ ފަދަ ބަލިތަކަކީ އިންސާނިއްޔަތަށް ނުރައްކާތެރިވާފަދަ ބަލިތަކެއް ކަމަށް މެންބަރު ފާހަނގަކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ ރާއްޖޭގައި ދޫނިރޯގާގެ ވައިރަސް ފެތުރެން ފަށައިފިނަމަ ކޮންޓްރޯލް ކުރަން އުދަގޫވާނެ ކަމަށާއި ދޫނިރޯގާގެ ބަލިމަޑުކަމުގެ ތެރޭގައި ދުނިޔޭގައި އެތައް ހާސް ދޫންޏެއް މަރާލެވުނު ކަމަށެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ރާއްޖޭގައި ދޫނި ރޯގާ ފެތުރެން ފެށުމުން އެތައް ހާސް ކުކުޅެއް މީގެ ކުރިންވެސް މަރާލާފައިވެއެވެ. އަދި ޖަނަވާރު ފެސިލިޓީއެއްގައި ޝަރީފް މަސައްކަތް ކުރެއްވިއިރު ބަލިޖެހިގެން ގިނަ އަދަދެއްގެ ދޫނި މަރާލާފައިވާނެ ކަމަށް ޝަރީފް ހާމަކުރިއެވެ.

ހަމައެއާއެކު ދައްކަންވީ މިގޮތަށް އެތެރެކުރާ ދޫނީގެ ވާހަކަ ނޫން ކަމަށާއި ދައްކަންވީ ރާއްޖެއިން ނެތިދާނެ ކަމުގެ ބިރު ހީވެފައިވާ ދޫނިތަކުގެ ވާހަކަތައް ކަމަށް ވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

300 × 250

ޚިޔާލު (2)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ނުބައި

    ޖަނަވާރުން ދައްކަފާނެ ކިތަންމެ ޖަނަވާރު ވާހަކައެއްވެސް! ތިޔައީ ވެސް އެ ކަރަންޓީނު ދޫނިމަރަން ކުރިން އުޅުނު މީހެއް. މީނާގެ އަމުރަށް މިފަދަ ކިތަންމެ ޖަރީމާއެއް އޭރުވެސް ހިންގި

  • ޖެރަރޑް

    މިއީ ކޮން ނުބައި ނުލަފާ މީހާގަނޑެއް؟ މިވަރު މީހުންނާ އިނދެގެން އުޅެން ވެސް ހެޔޮ ނުވާނެ. އިންސާނުންނަށް އޭތީގެ އިހުސާސުތައް ކިޔައިނުދެވޭ ކުށެއްނެތް މަހުލޫގަކަށް އެގޮތަށް ކަންކުރަން ހެޔޮ ވާ މީހަކީ އޭނަގެ ދަރިންނަށްވެސް ބިރެއް. ކޮންމެފަދަ ކަމެއް ކުރަންވެސް މި ނުލަފާ މީހުންނަށް ކެރޭނެ.

ގުޅުންހުރި