މިސަރުކާރުގެ ކުންފުނިތަކުން ވައްކަން ކުރަމުންދާ ކަމަށާއި، މިއަދު އެކަންތައް ނުބެލުނު ކަމުގައިވިޔަސް ދެންއަންނަ ސަރުކާރެއްގައި އެކަންތައް ބަލާނެ ކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ. ސެމްބެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިސަރުކާރުގެ ކުންފުނިތަކުން ބޮޑެތި ވައްކަން ކުރަމުންދާ ކަމަށާއި، އެޗްޑީސީ ތެރޭގައިވެސް ވައްކަން އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ.
މިއަދު އެކަންތައް ބަލާނެ ތަނެއް ނެތް. އެހެނަސް މާދަން އެކަންތައް ބަލާނެކަން ހަނދާން ކޮށްލަދެން. - ސެމްބެ ވިދާޅުވިއެވެ.
https://twitter.com/HucenSembe/status/1491489741446868994 މިސަރުކާރުގެ އެކި ކުންފުނިތަކުން ވައްކަމާއި ކޮރަޕްޝަނުގެ ގިނަ މައްސަލަތަކެއް ހުރި ކަމަށްބުނެ އެވާހަކަ އިދިކޮޅު ފަރާތްތަކުން ދަނީ ދައްކަމުންނެވެ. އަދި އެފަދަ މައްސަލަތައް ބެލުމަށް އުފައްދާފައިވާ މުވައްސަސާ ވަނީ ގާނޫނީ ހުސްކަމެއްގެ ތެރޭގައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.